ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން އެންގެވި ހަމައެކަނި ލީޑަރަކީ ލަންކާގެ ރައީސް

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހު : ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން އެންގެވި ހަމައެކަނި ލީޑަރަކީ ލަންކާގެ ރައީސް އެކަނި -

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހު : ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަން އެންގެވި ހަމައެކަނި ލީޑަރަކީ ލަންކާގެ ރައީސް އެކަނި -

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވަން މި މަހު 17 ގައި ބާއްވާ ރަސްމިއްޔާތަށް އެކި ގައުމުތަކަށް ދިން ދައުވަތުގެ ތެރެއިން، ދައުވަތު ގަބޫލުކުރެއްވީ އަވަށްޓެރި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހު އެކަނިކަން އެނގިއްޖެ އެވެ.

އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ މައުލޫމާތު އިނގިލައްވާ ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެކަން އެންގެވި ހަމައެކަނި ލީޑަރަކީ ރަނިލް ކަމަށެވެ. އަދި އެ ދައުވަތަށް ބައެއް ގައުމުތަކުން މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އަވަށްޓެރި ގައުމުތަކުގެ ވެރިންގެ ތެރެއިން އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ، މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުން އެ ރަސްމިއްޔާތު އޮންނަ ދުވަހު، އިންޑިއާއިން ރިޔާސަތު ބަަލަހައްޓާ ޖީ20 ގެ ސަމިޓެއްގެ ރިޔާސަތު މޯދީ ބަލަހައްޓަވާނެ އެވެ.

ޕީއެންސީ ކޯލިޝަނުން ގާތް ގުޅުމެއް ބާއްވާ ޗައިނާއަށްވެސް ރަސްމިއްޔާތުގެ ދައުވަތު ދީފައިވާއިރު، އެ ގައުމުންވެސް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ޖުމްހުރީ މައިދާނުގަ އެވެ. މޫސުން ތަން ނުދޭނަމަ މަޖިލިސް އިދާރާގަ އެވެ. މި ރަސްމިއްޔާތުގެ ރަސްމީ ދައުވަތު 3،500 ފަރާތަކަށް ފޮނުވާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެ އެވެ. އޭގެއިތުރުން 1،000 އާންމުންނަށް ރަސްމިއްޔާތަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދާ ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް މަޖިލިސް އިދާރާއިން ވަނީ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފަ އެވެ.

ޖުމްލަ 22.9 މިލިއަން ރުފިޔާގެ އަގަކަށް މި ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިވެކުން، އެ ސަރަހައްދު ޒީނަތްތެރިކުރުމާއި، ރަސްމިއްޔާތުގެ ކުރިއަށް ގެންދިއުން އަދި ކޭޓަރިންގެ ކަންކަން ވެސް ހަމަޖައްސާނެ އެވެ.

މިހާރު ހުންނެވި ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރައްވަން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރަން ބަޔަކާ ހަވާލުކުރީ 17 މިލިޔަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox