ޕާޓީ ނިޒާމު އައި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލު މިވަނީ ހަމަ އެކަނި މި ފަހަރު: ރައީސް

ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. ރައީސް މިއަދު ވިދާޅުވީ އޮމާންކަމާ އެކު ބަދަލުވާ މިއީ ފުރަަތަމަ ފަހަރު. ފޮޓޯ: ރައީސް އޮފީސް.

ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. ރައީސް މިއަދު ވިދާޅުވީ އޮމާންކަމާ އެކު ބަދަލުވާ މިއީ ފުރަަތަމަ ފަހަރު. ފޮޓޯ: ރައީސް އޮފީސް.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލު މިވަނީ މިފަހަރު އެކަނި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބެއްގައި ރައީސް ސިފަކުރެއްވި ގޮތުގައި ޕާޓީ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން މި ފަހަރު ފިޔަވައި އެހެން ފަހަރުތަކުގައި ވެރިކަން ބަދަލުވެފައި ވަނީ ހަމަ އެކަނި ވޯޓަކުން ނޫނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ކުރިން އެކަން ހިނގާފައި އޮތީ "ވޯޓުން ނުވިއްޔާ ކޯޓުން ނުވަތަ މަގުމަތިން"ނެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ގިނަ ޕާޓީ ބައިވެރިވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރެއްވި ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވި ގޮތާއި 2013 ވަނަ އަހަރުގެ ރިޔާސީ އިިންތިހާބުގެ ފުރަތަަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކޮށް ދެވަނަ ފަހަރަށް ވޯޓުލުން ކުރިއަށް ގެންދަން ޖެހުނު ޖެހުމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު 2012 ވަނަ އަަހަރު ވެއްޓުނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކަށް ފަހު ސިފައިންނާއި ފުލުހުން ހިންގި މިއުޓީނީއަކާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ފުރަތަމަ ބުުރު ނިމުނު އިރު ދެވަނަ ބުރަށް ވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. އެ ނަތީޖާއާ އެކު އިންތިހާބު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިނަކާ އެކު ފުރަތަަމަ ބުރު ދެވަނަ ފަހަރަށް ބޭއްވުމުން ވެސް ދެވަނަ ބުރަށް ވަޑައިގެންނެވީ ހަމަ އެ ދެކެންޑިޑޭޓުންނެވެ. އެ ފަހަރު ދެވަަމނަ ބުރުގެ ވޯޓުލައި ނަތީޖާ ސާފުކޮށް ނިމުނު އިރު ވެރިކަން ބަދަލުވާ ތާރީހުގެ ގޮތުގައި ކުރިން އޮތް، ނޮވެމްބަރު 11 އޮތީ ފަހަނައަޅައި ގޮސްފަ އެވެ. އެެހެންވެ އިންތިހާބުވި ރައީސް ހުވާ ކުރެއްވުމާ ދެމެދު މިފަހަރުހެން އިންތިގާލީ މަރުހަލާއެއް ނާދެ އެވެ.

މި ފަހަރު ވެރިކަން އޮމާންކަމާ އެކު ބަދަލުވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާ، ވެރިކަން ބަދަލުވެގެން ދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހިރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ.

"މި ހޯދުނު ކާމިޔާބީތަށް ހިފަހައްޓާ، ދަމަހައްޓާ ގައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާ ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތަށް ބަދަލުވާނެ، ވެރިން އައިސް ގޮސްވާނެ. ގާއިމުވެ، ދާއިމުވެ، ދެމިއޮންނާނީ ގައުމާ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox