އިންތިހާބީ ރައީސް މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ނަރެންދުރަ މޯދީ (ވ) : އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވާނެ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ނަރެންދުރަ މޯދީ (ވ) : އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވާނެ - ފޮޓޯ: ރައީސް އޮފީސް

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވުމަށް މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިނުގަންނަވާނެކަން އެނގިއްޖެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުއިއްޒުގެ ހުވާކުރެއްވުމުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ވަޑައިގަންނަވާނެ ބޭފުޅަކު އަދި ނުނިންމަ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުލަތުގެ ވެރިޔަކު ވަޑައިގަންނަވަނީ އެންމެ ގައުމަކުންނެވެ.

"އިންޑިއާއިން އަދި ވަކި ޖަވާބެއް ނާންގާ. އެހެންވެ، [ހުވާކުރެއްވުމަށް މިހާ މުއްދަތު ގާތްވެފައިވާއިރު] މޯދީ ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލަކު ވިދާޅުވި އެވެ.

މޯދީ ރާއްޖެ ވަޑައިނުގަންނަވާ މައިގަނޑު ސަބަބަކީ ނޮވެމްބަރު 17 ވަނަ ދުވަހު، ޖީ20ގެ ވޮއިސް އޮފް ގްލޯބަލް ސަމިޓު ބޭއްވުމަށް ނިންމާފައި އޮތުމެވެ. ޖީ20ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަނީ އިންޑިއާއިންނެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު ވޮއިސް އޮފް ގްލޯބަލް ސަމިޓު ކުރިއަށް ދާނެކަން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އިއްޔެ ދެއްކެވި ވާހަކަފުޅެއްގައި ވެސް ވިދާޅުވެފައިވެ އެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު އަރުވާނެކަން ފުރަތަމަ އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށް ފަހު އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެ ރަސްމިއްޔާތަށް އިންޑިއާއަށް ދައުވަތު ދީފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ނަމަވެސް އެ އޮފީހުން ބުނީ ދައުވަތު ދިނީ އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ދިން ދައުވަތުގައި ކަމަށާއި އެއީ ވަކި މޯދީ އަށް ދިން ހާއްސަ ދައުވަތެއް ނޫން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ފަހު މުއިއްޒު ފުރަތަމަ ފަހަރަށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވެސް ދެއްވި ޔަގީންކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވައިލާނެ ކަމެވެ. އެއަށްފަހު އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައިވެސް މުއިއްޒު ވަނީ އެ ވައުދު ތަކުރާރުކުރައްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑު ހީނަރުވެގެން ދިޔަ އެވެ. އެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ، އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގީ ޗައިނާގެ މާލީ އެހީ އާއި ލޯނު މެދުވެރިކޮށެވެ.

މި ސަރުކާރުގައި އިންޑިއާގެ ލޯނު އެހީ މެދުވެރިކޮށް ގިނަ މަޝްރޫއުތައް ރޭވިއިރު، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއް ވެސް ހިންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox