ރައީސް އޮފީހުގެ މިިނިސްޓަރު ކަމަށް ރަމީޒު އާއި އަބްދުﷲ

ރައީސް އޮފީހުގެ މިނިސްޓަރުގެ ގޮތުގައި އައްޔަން ކުރާ އަބްދުﷲ އާއި އާދަމް ރަމީޒު

ރައީސް އޮފީހުގެ މިނިސްޓަރުގެ ގޮތުގައި އައްޔަން ކުރާ އަބްދުﷲ އާއި އާދަމް ރަމީޒު

މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި، ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރައްވަނީ އެ މަނިކުފާނުގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ، ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު އާއި އަބްދުﷲ ނަސީރުކަން އެނގިއްޖެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ރަމީޒު އާއި އަބްދުﷲ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާކަން އެ ދެ ބޭފުޅުންނަށް މިހާރު ވަނީ އަންގަވައިފަ އެވެ. އެކަން އެ ދެ ބޭފުޅުން ދޮގެއް ނުކުރައްވަ އެވެ.

ސިޓީ ކައުންސިލްގައި ވެސް މުއިއްޒުއާއެކު އެންމެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދެވީ މި ދެ ބޭފުޅުން، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މުއިއްޒުގެ ކެމްޕޭނު ފަންޑު މެނޭޖު ކުރުމުގައި މި ދެ ބޭފުޅުންގެ އިސްކޮށް އުޅުއްވިކަން ވަނީ އެނގިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ޓިކެޓު ހޯދުމަށް އޭރު ކުރަމުން ދިޔަ މަސައްކަތުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ ވެސް ރަމީޒެވެ.

ރަމީޒު ޕީޕީއެމްއިން ކަނޑާލާނެ ކަމުގެ އިންޒާރު ދީ އޭނާގެ މައްސަލަ ބަލަން ފެށީ، ޕާޓީގެ ރިޔާސީ ޓިކެޓު ޔާމީނަށް ލިބިވަޑައިގެންފައި ވާއިރު، މުއިއްޒު ވެރިކަމަށް ގެންނެވުމަށް ކެރަމީޒު އިސްވެ ހުންނަވައި ކެމްޕޭނު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ފޮނުއްވި ނޯޓަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލަން ފެށުމުން ރަމީޒު ޕާޓީން ވަކިވެވަަޑައިގަތެވެ.

ސްކޫލު ނިންމެވި ގޮތަށް ރަމީޒު ގުޅިވަޑައިގަތީ އެމްއެންޑީއެފްއާ އެވެ. އެސްޕީޖީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެން، ޔާމީންގެ ވެރިކަން ނިމެންދެން އުޅުއްވީ އާބަންކޯ (އޭރު އެޗްޑީސީ) ގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރައްވާ އަބްދުﷲ ފެށުނީއްސުރެ ވެސް އުޅުއްވަމުން ގެންދެވީ އާއިލީ ވިޔަފާރި، ހެރިންސް ހިންގެވުމަށެވެ.

އާ ސަރުކާރުގެ ކެބިނެޓު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox