ހުލާސާކޮށް އިއްޔެ: އިންޑިއާ ސިފައިންގެ އަދަދާއި ރާޑަރުތަކުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ނުދިން

Nov 9, 2023, 1:40 AM
ޕީޕީއެމް/ޕީއެންސީ އިންޑިއާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގައި "އިންޑިއާ އައުޓު" ޖަހާފައިވާ ދިދައެއް ހިފައިގެން. -- ފޮޓޯ: އަދަދު

ޕީޕީއެމް/ޕީއެންސީ އިންޑިއާއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގައި "އިންޑިއާ އައުޓު" ޖަހާފައިވާ ދިދައެއް ހިފައިގެން. -- ފޮޓޯ: އަދަދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރުތައް ކޮންޓްރޯލްކުރާ ފަރާތްތަކުގެ މައުލޫމާތު، ސަރުކާރުގެ އިދާރާތަކުން އިންތިގާލީ ކޮމިޓީތަކަށް ދީފައި ނުވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއްޔެ ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ދެ ކަމުގެ ތަފުސީލަށް އެދި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފިރުޒުލް ވަނީ ތަފުސީލު ލިބިފައިނުވާތީ ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިން އެ ސުވާލު އަމާޒުކުރަން ޖެހޭނީ މިހާރު އޮތް ސަރުކާރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ ސިފައިންގެ އަދަދާ ބެހޭގޮތުން އަޅުގަނޑު އިއްޔެވެސް ފާހަގަކުރީ އެކަށީގެންވާ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ޔަގީންކުރެވޭ މިންވަރަކަށް ލިބިފައެއް ނުވެއޭ،" އޭނާ ވިދާޅުވި އެވެ.

އެ ސުވާލަށް ތަކުރާރުކޮށް ޖަވާބުދެއްވަމުންވެސް ފިރުޒުލް ވިދާޅުވީ އެ ފަދައިންނެވެ. ނަމަވެސް އެއްބާރުލުން ނުދޭ އިދާރާއެއްގެ ނަމެއް ވިދާޅުވެއް ނުވެ އެވެ. ތަކުރާރުކޮށް ވިދާޅުވީ އެ މައުލޫމާތު ނުލިބޭ ކަމަށެވެ.

ރާޑަރުތަކާ ގުޅޭ ގޮތުން ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ "އެކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އެކަށީގެންވާ މައުލޫމާތެއް ލިބިފާ ނުވާ" ކަމަށެވެ.

ފިރުޒުލް މިހެން ވިދާޅުވި އިރު، ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ ކޮމިޓީތައް އެކުލަވާލާ މަސައްކަތްތައް ފެށިތާ މިހާރު މަސްދުވަސް ވެއްޖެ އެވެ. އެ މަސައްކަތުގެ ތެރެއިން އެއްކުރި މައުލޫމާތުތަކުގެ ތަފުސީލުތައް ފިރުޒުލް އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ހާމަކުރައްވާފަ އެވެ.

އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެކި ކުންފުނިތަކުގެ ހިންގުމުގައި ހުރި މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަފުސީލުތައް ވެސް އިންތިގާލީ ކޮމިޓީތަކުން ހޯދާ އާއްމުކޮށްފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

އޭއެފްސީ ކަޕްގައި މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފިޓޯ: އަބްދުﷲ އިޔާން/އަދަދު
އޭއެފްސީ ކަޕްގައި މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފިޓޯ: އަބްދުﷲ އިޔާން/އަދަދު

އޭއެފްސީ ކަޕްގައި މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފިޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox