އިންޑިއާ ސިފައިންގެ އަދަދާއި ރާޑަރުތަކުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ނުދިން: ފިރުޒުލް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގި އިންޑިއާ އައުޓު ހަރަކާތެއްގެ ތެރެއިން : އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދާއި ރާޑަރުތަކުގެ މައުލޫމާތު އިންތިގާލީ އޮފީހަކަށް ނުދޭ ކަމަށް - މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގި އިންޑިއާ އައުޓު ހަރަކާތެއްގެ ތެރެއިން : އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދާއި ރާޑަރުތަކުގެ މައުލޫމާތު އިންތިގާލީ އޮފީހަކަށް ނުދޭ ކަމަށް - މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރުތައް ކޮންޓްރޯލްކުރާ ފަރާތްތަކުގެ މައުލޫމާތު، ސަރުކާރުގެ އިދާރާތަކުން އިންތިގާލީ ކޮމިޓީތަކަށް ދީފައި ނުވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ދެ ކަމުގެ ތަފުސީލަށް އެދި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފިރުޒުލް ވަނީ ތަފުސީލު ލިބިފައިނުވާތީ ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިން އެ ސުވާލު އަމާޒުކުރަން ޖެހޭނީ މިހާރު އޮތް ސަރުކާރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ ސިފައިންގެ އަދަދާ ބެހޭގޮތުން އަޅުގަނޑު އިއްޔެވެސް ފާހަގަކުރީ އެކަށީގެންވާ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ޔަގީންކުރެވޭ މިންވަރަކަށް ލިބިފައެއް ނުވެއޭ،" އޭނާ ވިދާޅުވި އެވެ.

އެ ސުވާލަށް ތަކުރާރުކޮށް ޖަވާބުދެއްވަމުންވެސް ފިރުޒުލް ވިދާޅުވީ އެ ފަދައިންނެވެ. ނަމަވެސް އެއްބާރުލުން ނުދޭ އިދާރާއެއްގެ ނަމެއް ވިދާޅުވެއް ނުވެ އެވެ. ތަކުރާރުކޮށް ވިދާޅުވީ އެ މައުލޫމާތު ނުލިބޭ ކަމަށެވެ.

ރާޑަރުތަކާ ގުޅޭގޮތުން ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ "އެކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންނަށް އެކަށީގެންވާ މައުލޫމާތެއް ލިބިފާ ނުވާ" ކަމަށެވެ.

ފިރުޒުލް މިހެން ވިދާޅުވި އިރު، ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ ކޮމިޓީތައް އެކުލަވާލާ މަސައްކަތްތައް ފެށިތާ މިހާރު މަސްދުވަސް ވެއްޖެ އެވެ. އެ މަސައްކަތުގެ ތެރެއިން އެއްކުރި މައުލޫމާތުތަކުގެ ތަފުސީލުތައް ފިރުޒުލް އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ހާމަކުރައްވާފަ އެވެ.

އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެކި ކުންފުނިތަކުގެ ހިންގުމުގައި ހުރި މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަފުސީލުތައް ވެސް އިންތިގާލީ ކޮމިޓީތަކުން ހޯދާ އާއްމުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox