އާ ސަރުކާރުގެ ކެބިނެޓު: ޑިފެންސަށް ގައްސާން، ހޯމް އަށް އިހުސާން، އިކޮނޮމިކް މިނިސްޓްރީ އަށް ސައީދު

Nov 9, 2023, 1:59 AM
އާ ސަރުކާރުގެ ކެބިނެޓަށް ވަޑައިގަންނަވާ ގައްސާން, އިހުސާން އަދި ސައީދު. ކެބިނެޓުގެ މުހިންމު ގިނަ މަގާމުތަކަށް ވަޑައިގަންނަވާނީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން

އާ ސަރުކާރުގެ ކެބިނެޓަށް ވަޑައިގަންނަވާ ގައްސާން, އިހުސާން އަދި ސައީދު. ކެބިނެޓުގެ މުހިންމު ގިނަ މަގާމުތަކަށް ވަޑައިގަންނަވާނީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން

އަންނަ ހަފުތާގައި ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ބައެއް ސީނިއާ ބޭފުޅުންނާއި، ސިޔާސީ ގޮތުން މާބޮޑަށް ފާހަގަނުކުރެއްވޭ ބައެއް ބޭފުޅުންނާ އެކު ފައިނަލްކޮށްފި އެވެ.

ވަރަށް އިތުބާރުކުރެވޭ މަސްދަރަކުން "އަދަދު" އަށް އެނގިފައިވާ ގޮތުގައި ކެބިނެޓުގެ އެންމެ މުހިއްމު އެއް މަގާމު ކަމަށްވާ ޑިފެންސް މިނިސްޓަރުކަމަށް އައްޔަންކުރައްވާނީ ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ގައްސާން މައުމޫން އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ގައްސާން އަކީ، ބައްޕާފުޅު ޕީޕީއެމް ދޫކޮށް ވަޑައިގަތުމުން ވެސް އެ ޕާޓީގައި މަޑުކުރެއްވި ބޭފުޅެކެވެ.

އިކޮނޮމިކް މިނިސްޓަރުކަން ދެއްވަނީ އެނގިފައިވާ ގޮތުގައި، ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވި، މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދަށެވެ.

ޕީޕީއެމްގެ ނައިބް ރައީސުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މި ފަސް އަހަރު އެ ޕާޓީ ވަރަށް ބޮޑަށް ލީޑުކުރެއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދެއްވަނީ ފިޝަރީޒް މިނިސްޓަރުކަމެވެ.

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ޖަލު ހުކުމަކާ ގުޅިގެން އިންތިހާބުން ފުރުސަތު ގެއްލިވަޑައިގަތުމުން، އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓަށް މުއިއްޒުއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އައްޔަންކުރައްވަނީ، އަލަށް އުފައްދާ ކައުންސިލް މިނިސްޓްރީ އަށެވެ.

އާ ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި ހިމެނުމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ބޭފުޅުން.
އާ ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި ހިމެނުމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ބޭފުޅުން.

އާ ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި ހިމެނުމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ބޭފުޅުން.

މުއިއްޒު އެންމެ އިސްކަން ދެއްވާނެ އެއް ކަންތައް ކަމަށްވާ ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކި އަތަކަށް ނުޖެހި ބޭއްވުމުގެ ޒިންމާ އޮންނާނެ ފޮރިން މިނިސްޓްރީ އަށް އައްޔަންކުރައްވަނީ މޫސާ ޒަމީރެވެ. ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އޭނާ އަދާކުރެއްވީ ޓޫރިޒަމް މިނިސްޓަރުކަމެވެ.

މި ފަހަރު ޓޫރިޒަމް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު އިބްރާހީމް ފައިސަލް އަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރަކަށް ލައްވަނީ މުއިއްޒުގެ ކެމްޕެއިން މެނޭޖަރު އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޕައިލޮޓް، ކެޕްޓަން މުހައްމަދު އަމީން އެވެ.

ހޯމް މިނިސްޓަރަކަށް އައްޔަންކުރައްވަނީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އެވެ. އެމެރިކާ އިން އަސްކަރީ އެންމެ މަތީ ތަމްރީން ހޯއްދަވާފައިވާ އިހުސާން ސިފައިންގެ އިން ރިޓަޔާކުރެއްވުމަށް ފަހު އަންނަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.

އެޓާނީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވަނީ އެނގިފައިވާ ގޮތުގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އޭނާ ވަނީ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ.

ހައުސިންގެ މަސައްކަތަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވައި އެ މިނިސްޓްރީގެ އިސްވެރިޔަކަށް ލައްވަނީ އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓަރުކަން މުއިއްޒު ކުރެއްވި އިރު ނައިބަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބް އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަނުން ސިވިލް އިންޖިނިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހައުސިން މިނިސްޓްރީގެ ޕޯޓްފޯލިއޯގައި މިހާރު ހިމެނޭ ޕްލޭނިން ބައި، މުއިއްޒު ނިންމަވާފައިވަނީ އެންވާރަމަންޓް މިނިސްޓްރީ އަށް ބަދަލުކުރުމަށެވެ. އާ ސަރުކާރުގެ ޕްލޭނިން އާއި އެންވާރަމަންޓް މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެންވާރަމަންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގް އިބްރާހިމް (ތޯބެ) އަށެވެ.

ފިނޭންސް މިނިސްޓަރަކަށް މުއިއްޒު އައްޔަންކުރައްވަނީ މި ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމު ފުރުއްވަމުން އަންނަ ޑރ. މުހައްމަދު ޝަފީގެވެ.

މުއިއްޒުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ދެއްވަން ނިންމަވާފައިވަނީ ޕީޕީއެމް ކުރީ ވެރިކަމުގައި އެ މަގާމާއި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރައްވަނީ އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ކުރީ ވެރިކަމުގައި އެޑިއުކޭޝަނުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޑރ. އިސްމާއީލް ޝަފީއު އެވެ. އޭނާ އަކީ މިހާރު އިސްލާމިކް ޔުނިވާސިޓީގެ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން އެވެ.

ހެލްތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އެވެ. އާ ސަރުކާރުގެ ޖެންޑާ މިނިސްޓަރުކަން ދެއްވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީ ހިންގެވި ޑރ. އާއިޝަތު ޝިހާމް އަށެވެ.

އަލަށް އުފައްދާ ޔޫތު މިނިސްޓްރީ އަށް އައްޔަންކުރައްވަނީ މަޝްހޫރު ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑް) އެވެ. ފެށުނީއްސުރެ މީޑިއާގައި މަސައްކަތްކުރައްވާ އަސްވާޑް މިހާރު ކުރައްވާ މަސައްކަތަކީ އޭނާގެ އަމިއްލަ ޓީވީ ޗެނަލް "ސަންގުޓީވީ" ހިންގެވުމެވެ.

ޔޫތުއާ ވަކިކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީއަށް އައްޔަންކުރައްވަނީ ވަރަށް ބޮޑަށް ޔަގީންކުރެއްވޭ ގޮތުގައި ސްޕޯޓްސް ފިޒީޝަން އަބްދުﷲ ރާފިއު އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ މެޑިކަލް ހެޑެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަނީ އެނގިފައިވާ ގޮތުގައި ޑރ. މަރިޔަމް މާރިޔާ އެވެ. އަދި އެގްރިކަލްޗާ މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ޑރ. އައިޝަތު ރަމީލާ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox