މައްސަލަ ބެލުމުގެ ބާރު އޮތަސް އާސަހަރާ ނުނިންމައި 3.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ނުބަލާ

އާސަހަރާ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. އެ މަސައްކަތް ނިމިފައި ނުވި ނަމަވެސް ކޮންޓްރެކްޓު ވަނީ ބާތިލުކޮށްފި -- ފޮޓޯ: އަބްދުالله އިޔާން/ އަދަދު

އާސަހަރާ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. އެ މަސައްކަތް ނިމިފައި ނުވި ނަމަވެސް ކޮންޓްރެކްޓު ވަނީ ބާތިލުކޮށްފި -- ފޮޓޯ: އަބްދުالله އިޔާން/ އަދަދު

އަަމިއްލަ އިހުތިޔާރަށް މައްސަލަ ބެލުމުގެ ބާރު އޮތް ނަމަވެސް, މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ އާސަހަރާގެ މިސްކިތާއި ހިނަވާގެ މަރާމާތު ކުރަން ހަވާލުކުރި ކޮންޓްރެކްޓުގެ މަސައްކަތް ނުނިންމައި 3.9 މިލިއަން ރުފިޔާ ކޮންޓްރެކްޓަރަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ނުދާ ކަމަށް ބުނެފި އެވެ.

މި ކޮންޓްރެކްޓު ބާތިލުކުރި މައްސަލަ ބަލާތޯ ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ނުވާތީ އޭސީސީން މިހެން ބުނި ނަމަވެސް އެ ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ދަށުން މި މައްސަލަ އެ ކޮމިޝަނަށް ބެލޭނެ އެވެ.

titledesc

އާސަހަރާ މިސްކިތުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ. އެއިރު ސިޓީ ކައުންސިލުން ބުނި ގޮތުގައި ދެ މަސް ފަހުން މަރާމާތުގެ މަސައްކަތް ނިމިގެން ހިދުމަތް ދެވެން ފެށޭނެ އެވެ.

އެކަމަކު މިއަދާ ހަމައަށް އެ ސަހަރައްދު ރޫޅާލުމުގެ މަސައްކަތާއި ކޮންކްރީޓު ތަނބުތަކެއް ޖެހުމުގެ އިތުރަށް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ.

މި މަސައްކަތަކީ ސިޓީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މަޝްރޫއަށް ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާ އެވެ. މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް، ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ވަނީ ކޮންޓްރެކްޓަރަށް ދީފަ އެވެ.

އެ މަޝްރޫއުގެ އިދާރީ އަދި ފަންނީ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ސިޓީ ކައުންސިލުގެ ޖަލްސާގައި މައުލޫމާތު ދިން ގޮތުގައި، ކޮންޓްރެކްޓަރަށް މަސައްކަތް ހަވާލުކުރި ފަހުން މިސްކިތުގެ ޑިޒައިނާއި އާސަހަރާގެ ކުރެހުމަށް ވެސް ބަދަލުތަކެއް ގެންނަން ބޭނުންވެގެން އެ ކަން ކުރިއަށް ގެންދިޔަ އެވެ.

މަޝްރޫއު ގެންދިޔަ ކައުންސިލްގެ ބިއުރޯ މުވައްޒަފުން ބުނި ގޮތުގައި މަސައްކަތް މަޑުޖެހިގެން ދިޔުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި ފަހުން ގެނައި ބަދަލުތަކާއެކު އޮތް ކުރެހުންތަކަށް ބެލުމުން، ނިމިފައި ވަނީ 45 ޕަސެންޓެވެ. ނަމަވެސް ކޮންޓްރެކްޓަރާ ހަވާލުކުރި އެއްބަސްވުމުގައިވާ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox