އިންޑިއާ ސިފައިންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފުސީލު އަދިވެސް ނުލިބޭ: ފިރުޒުލް

އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ތަފްސީލު އަދި ނުލިބޭ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ތަފްސީލު އަދި ނުލިބޭ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތަފުސީލު އިންތިގާލީ އޮފީހަށް އަދި ނުލިބޭ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

މ.ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އެހެން ނަމަވެސް ތިބި އަދަދާ މެދު އެކަށީގެެންވާ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާ ގުޅޭ ގޮތުން ކުރިއްސުރެ އޮތީ މައިގަނޑު ދެ ކަންބޮޑުވުމެއް ކަމަށެވެ. އެއީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ ކަންބޮޑުވުމާއި ސިފައިން ތިބުމާ ގުޅޭ ކަންބޮޑުވުމެވެ.

"އިންޑިއާ ސިފައިން ތިބިކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް މިންވަރަށް މައުލޫމާތު ލިބިފައިވޭ. ސަރުކާރުން ވެސް އެކަން ކޮންފޯމްކޮށްދީފައިވޭ އަދި އިންޑިއާ ސަފީރާއި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލު ކުރެއްވި ބައްދަލުވުމުގައި، އިންޑިއާ ސަފީރު ވެސް އެކަން ފާހަގަކުރައްވާފައި ވޭ. އެހެން ނަމަވެސް ޖުމުލަ ތިބި އަދަދަކާ ގުޅޭ ގޮތުން އަދި އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ ފުރިހަމަ މައުލޫމާތެއް މިހައިތަނަށް އަދި ލިބިފައެއް ނުވޭ،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާ އެކު ރާއްޖޭން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދަން މުއައްސަސާތަކާ އެކު ކުރި މަސައްކަތުގައި އެއްބާރުލުން ލިބުނީ ބައެއް މުއައްސަސާތަކުންނެވެ. ބައެއް މުއައްސަސާތަކުން އެކަށީގެންވާ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިންނާއި އެއްބަސްވުންތަކާބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު އަދި ނުލިބޭ ކަމަށް ވިދާޅުވި ނަމަވެސް ފިރުޒުލް ވިދާޅުވި ގޮތުގައި އެ ދެކަންތަކުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ. އެގޮތުން ކުރާ މަސައްކަތަކީ އޭނާ ވިދާޅުވި ގޮތުގައި ހައްލުތައް ހޯދަން ކުރާ މަޝްވަރާތަކެކެވެ.

އިންޑިއާ ސިފައިންގެ ތަފުސީލު ނުލިބޭ ކަމަށް ފިރުޒުލު ވިދާޅުވިޔަސް، އެ މައުލޫމާތު އެމްއެންޑީއެފުން ނުވަތަ ޑިފެންސް މިނިސްޓްރީން ނުދިން ކަމަކަށް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox