ވީއޭއާރުގެ ޑްރާމާ ބޮޑު މެޗުން ބަލިވެ ޓޮޓެންހަމްގެ ރެކޯޑު ނިމުމަކަށް

Nov 7, 2023, 7:44 AM
ވީއޭއާރުގެ ޑްރާމާ ބޮޑު މެޗުން ބަލިވެ ޓޮޓެންހަމްގެ ރެކޯޑު ނިމުމަކަށް

ލަންޑަން (ނޮވެމްބަރު 7) - ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ގިނަ ނިންމުންތަކެއް ނިންމި "ޑްރާމާ" ބޮޑު މެޗުން ގައި ޗެލްސީ އަތުން 4-1 އިން ބަލިވެ، މި ސީޒަނުގައި ޓޮޓެންހަމުން މެޗަކުން ބަލިނުވެ ދަހަމައްޓަމުން އައި ރެކޯޑު ނިމުމަކަށް އަތުވެއްޖެ އެވެ.

ރޭގެ މެޗާ ހަމައަށް ލީގުގައި ޓޮޓެންހަމް ކުޅުނު 10 މެޗުންވެސް އެޓީމް ބައްޔެއް ނުވެ އެވެ. މި މެޗާ ހަމައަށް ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމަކީވެސް ޓޮޓެންހަމެވެ. ނަމަވެސް ޗެލްސީ އަތުން އިން ބަލިވެ އެ ޓީމަށް ވަނީ ލީގުގެ އެއް ވަނަ މަގާމް ވެސް ގެއްލިފަ އެވެ.

ވީއޭއާރުން ގިނަ ނިންމުންތަކެއް ނިންމި މި މެޗުގައި ފުރަތަމަ ގޯލު ޖެހީވެސް ޓޮޓެންހަމުންނެވެ. މިއީ މެޗުގެ ހަ ވަނަ މިނެތުގައި ޓޮޓެންހަމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމްގެ ޑެޖާން ކުލުސްވެސްކީ ޖެހި ގޯލެކެވެ.

Advertisement

މި ގޯލަށް ފަހު ދެން ފެނުނީ ފުރަތަމަ ހާފުގައި އެކަނިވެސް ނުވަ ނިންމުމެއް ވީއޭއާރުން ނިންމިތަނެވެ. ބަހުސްކުރެވޭ ގިނަ ނިންމުންތަކެއް ނިންމިކަންވެސް ފާހަަގަކޮށްލެވެ. މުޅި މެޗަށް ބަލާއިރު ވީއޭއާރުން ވަނީ ދެ ޓީމުން ޖެހި ފަސް ގޯލެއް ގޯސްކަމަށް ނިންމައި، ދެ ރަތްކާޑެއް ދައްކަން ޖެހޭކަމަށް ބުނެފަ އެވެ.

މެޗުގެ ދެ ވަނަ ގޯލު ޖެހީ ޓޮޓެންހަމްގެ ކެޕްޓަން ސަން ހުއެން މިން އެވެ. ވީއޭއާރުން ނިންމީ މި ގޯލު އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން ޗެލްސީން ޖެހި ދެ ގޯލެއް ވީއޭއާރުން ގޯސްކަމަށް ނިންމި އެވެ. ރަހީމް ސްޓާލިން ޖެހި ގޯލު ގޯސްކަމަަށް ނިންމީ އޭނާގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މޮއިސެސް ކައިސޭޑޯ ޖެހި ގޯލު ގޯސްކަމަށް ނިންމީ ކީޕަރާ ދިމާލުގައި އޮފްސައިޑް މަގާމެއްގައި ނިކޮލަސް ޖެކްސަން ހުރުމުންނެވެ.

އޭގެ ފަހުން ވީއޭއާރުން ވަނީ ކްރިސްޓިއަން ރޮމޭރޯ ކުރި ފައުލަކަށް އޭނާއަށް ރަތްކާޑު ދައްކަން ޖެހޭކަމަށް ނިންމާފަ އެވެ. ރޮމޭރޯ އަށް ދެއްކި ރަތްކާޑާއިއެކު ޗެލްސީ އަށް ޕެނަލްޓީ އެއް ލިބި، އެޓީމުން މި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ޖަހައިދިނީ ކޯލް ޕާލްމާ އެވެ.

ދިހަ ކުޅުންތެރިންނާ އެކު ކުޅުނު ޓޮޓެންހަމަށް އުނދަގޫތައް ދިމާވީ ދެވަނަ ހާފަށް ނުކުތުމުގެ ކުރިން މުހިންމު ދެ ކުޅުންތެރިއަކަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. މިގޮތުން ޖޭމްސް މެޑިސަން އާއި ޑިފެންޑަރު މިކީ ވެންޑެވެން އަށް އަނިޔާވެ ހާފް ޓައިމްގައި ބަދަލުކުރި އެވެ.

އުނދަގޫ ހާލަތުގައި އޮތް ޓޮޓެންހަމް މައްސަލަތައް އިތުރުވީ ދެވަނަ ހާފުގެ ކުރީކޮޅު ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ޑިފެންޑަރު ޑެސްޓިނީ އުޑޯގީ އަށް ދެއްކި ހިސާބުންނެވެ. އޭގެ ފަހުން ޗެލްސީ އިން ލީޑު ނެގީ ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން ނިކޮލަސް ޖެކްސަން އެވެ.

ނުވަ ކުޅުންތެރިންނާއިއެކު ކުޅުނު ނަމަވެސް ޓޮޓެންހަމުން ގޯލެއް ޖަހައި އެއްވަރުކުރި އެވެ. މެޗުގެ 79 ވަނަ މިނެޓުގައި އެރިކް ޑަޔާ ޖެހި ގޯލު ވީއޭއާރުން ނިންމީ އޮފްސައިޑް ކަމަށެވެ.

ދެ ކުޅުންތެރިން މަދުކޮށް ކުޅުނު ޓޮޓެންހަމް ކޮޅަށް ޗެލްސީގެ ފަހު ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ދެ ގޯލު ޖަހައި ނިކޮލަސް ޖެކްސަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ރެފްރީންގެ ނިންމުންތަކަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތައް ގިނަވެފައިވާއިރު، މިއީ އެކަމަށް އިތުރު ބާރެއްދޭ މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. ބައެއް ފުޓްބޯޅަ އެނަލިސްޓުން ސިފަކުރާ ގޮތުގައި މިއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ފެނުނު ގިނަ ހާދިސާތައް ހިނގި "ޑްރާމާ" ބޮޑު އެއް މެޗެވެ.

ރޭގެ މެޗުން ބަލިވުމުން ޓޮޓެންހަމްވަނީ ލީގުގެ ދެ ވަނައަށް ވެއްޓިފަ އެވެ. އެއް ވަނައިގައި އޮތީ 27 ޕޮއިންޓާއިއެކު ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ލިބެނީ 26 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރުވަނައިގައި އޮތް އާސެނަލަށް ލިބެނީ 24 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox