ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފް ރިޓަޔާ ކުރައްވައިފި

އަބްދުﷲ ޝަރީފްއަކީ ކަސްޓަމްސްގެ ތެރެއިން ކުރިއެރުން ހޯއްދަވަމުން ގޮސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ -- ފޮޓޯ: ކަސްޓަމްސް

އަބްދުﷲ ޝަރީފްއަކީ ކަސްޓަމްސްގެ ތެރެއިން ކުރިއެރުން ހޯއްދަވަމުން ގޮސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ -- ފޮޓޯ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނަރު ޖެނެރަލް، އަބްދުﷲ ޝަރީފު 28 އަހަރަށްފަހު ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔާ ކުރައްވައިފި އެވެ.

އެކްސްގައި ކަސްޓަމްސްއިން ކުރި ޕޯސްޓެއްގައި ބުނީ ޝަރީފުގެ ސީޖީކަމުގެ ދަށުން ކަސްޓަމްސްއަށް ބޮޑު ކުރިއެރިމެއް ލިބިފައިވާ ކަމަށެވެ.

"2020 ވަނަ އަހަރުން ފެށިގެން ސީޖީގެ ހައިސިއްޔަތުން، ޕްރޮސީޖާތައް އޮޓޮމޭޓް ކުރުމާއި، ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމާއި، އެމްސީއެސްގައި އިންޓެގުރިޓީ ޗެމްޕިއަން ކުރުމަށް އޭނާ އިސްކޮށް އުޅުއްވި، ފުރިހަމަ ރިޓަޔަމަންޓަކަށް އެދެން،" ކަސްޓަމްސްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް އަބްދުﷲ ޝަރީފް އައްޔަން ކުރީ މީގެ ތިން އަހަރު ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އަވަހާރަވުމުންނެވެ. އޭރު ޝަރީފު ފުރުއްވަމުން ގެންދެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމުގެ މަގާމުގަ އެވެ.

އަބްދުﷲ ޝަރީފްއަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޝަރީފްއަކީ ކަސްޓަމްސްގެ ތެރެއިން ކުރި ހޯއްދަވަމުން ގޮސް ކޮމިޝަނަރާ ހަމައަށް އައި ފުރަތަމަ ކޮމިޝަނަރު ވެސްމެ އެވެ. އޭގެ ކުރިން އެ މަގާމަށް މީހުން އައްޔަން ކުރަމުންދިޔައީ ސިޔާސީ ގޮތުންނެވެ.

އަބްދުﷲ ޝަރީފް މަގާމުން މިއަދު ރިޓަޔާ ކުރެއްވިއިރު، އެނާ ކަސްޓަމްސްއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް މި އަހަރު ވަނީ ހަނދާނީ ލިޔުމެއް ވެސް ޝަރީފްއަށް އަރުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox