އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި އެވެ.
އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒު މާލެ ވަޑައިގަތީ ރޭގައި ކަމަށެވެ.
އޮކްޓޯބަރު 30 ވަނަ ދުވަހު މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. މިއީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު، ހުވާކުރެއްވުމަށް ފަހު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ.













