ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ނުކުންނާނީ އެކުގައި، ޕްރައިމަރީ ޖެނުއަރީ 20 ގައި

ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ހިނގާލުމުގެ ތެރެއިން. ވެރިކަމާ ހަވާލުވާނީ އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޑރ. މުއިއްޒު  --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ހިނގާލުމުގެ ތެރެއިން. ވެރިކަމާ ހަވާލުވާނީ އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޑރ. މުއިއްޒު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަމާ ހަވާލުވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު ބާއްވާނެކަން އެ ކޯލިޝަނުން އިއުލާނުކޮށްފި އެވެ.

މިރޭ އެ ކޯލިޝަނުން ހާމަކުރި ގޮތުގައި ޕްރައިމަރީ އޮންނާނީ ޖެނުއަރީ 20, 2024 ގަ އެވެ. އަދި, އެ ކޯލިޝަނުގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށް ވެސް އެ ކޯލިޝަނުން ހާމަކުރި އެވެ.

"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން," އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

Advertisement

ދެ ޕާޓީ އެކުގައި މަޖިލިސް އިންތިހާބަށް ނުކުންނާނެކަން ހާމަކޮށްފައި މިވަނީ ދެ ޕާޓީގެ މެދުގައި ވާދަވެރިކަން ބޮޑުވެ ލީޑާޝިޕްގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަންނަ ދައުރުގައި ރާއްޖޭގެ ވެރިކަން ކުރާނީ ކޯލިޝަނުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޯލިޝަނުގެ މައި ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް ލީޑު ކުރައްވަނީ މިވަގުތު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީނެވެ. އެމަނިކުފާނުގެ ބަންދަށް ލުއިތަކެއް ދީފައިވާއިރު ސަޕޯޓަރުންނާ އެންމެ ފުރަތަމަ ބައްދަލުކުރެއްވި ރޭ ވެސް ވަނީ "ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން "އެއީ އެއް ފިކުރެއްގެ ދެ ޕާޓީ" އެވެ.

ޔާމީން ވިދާޅުވި އަނެއް ވާހަކައަކީ ކުރިއަށް މިއޮތް ފަސް އަހަރަކީ ހަމަޖެހިގެން ތިބެންވީ ފަސް އަހަރު ނޫން ކަމަށާއި މިހާރުން ފެށިގެން ޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

ޕީއެންސީން ވެސް މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން, ޖެނުއަރީގައި އޮންނަ ޕްރައިމަރީގައި ދެ ޕާޓީގެ ވާދަވެރިކަން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox