ހުއްޓުވަނީ ދައުލަތަށް އިއާދަނުކުރެވޭ ގެއްލުން ލިބޭނެ ކަންކަން: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން

މި ދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ކަންތަކުގެ ތެރެއިން ހުއްޓުވަނީ ދައުލަތަށް އިއާދަނުކުރެވޭ ގެއްލުން ލިބޭނެ ކަންކަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ސަރުކާރު އިދާރާތަކާއި ކުންފުނިތަކުން ކުރާ ބައެއް ކަންކަން ހުއްޓުވާ ސަބަބު ތަފްސީލުކޮށްދީ އޭސީސީން ބަޔާނެއް ނެރެފައިވާއިރު, އެ ކޮމިޝަނުން ވަނީ ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އާބަންކޯ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ ތަހުގީގަކާ ގުޅިގެން އެ ކުންފުނިން ފަސް ކަމެއް ކުރުން ހުއްޓާލުމަށް އަންގާފަ އެވެ.

އާބަންކޯއިން ކުރުން މަޑުޖައްސާލުމަށް އެންގި ކަންކަން:

  • ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން.
  • އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން.
  • ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް.
  • ޖޮއިންޓު ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން.
  • މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން.

އޭސީސީން ނެރުނު ބަޔާނުގައި ބުނީ މަޝްރޫއުތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވަނީ ހުށަހަޅާ ތުހުމަތުތަކަށް ބަލާއިރު އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލިން ލިބިދާނެ ކަމުގެ އިހުތިމާލު އޮންނާތީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ ވަގުތީ ގޮތުން މަޝްރޫއުތައް މަޑުޖައްސާލަން އެންގި ނަމަވެސް, ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތެއް ނުވަތަ އިދާރާއެއްގެ އިދާރީ ހިންގުން ފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމަށެވެ.

އޭސީސީން ބުނީ މިގޮތަށް އަންގާ އެންގުންތަކަކީ ވަގުތީ ގޮތުން އަންގާ އެންގުންތަކެއް ކަމަށާއި, މައްސަލަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލު އައިސްފިނަމަ އެކަން ރައްދުވާ ފަރާތަކަށް އަންގާނެ ކަމަށެވެ. އަދި މަޑުޖައްސާލަން އަންގާފައިވާ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމަން މަސައްކަތް ކުރާ ކަމަށް އޭސީސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox