މަޖިލީހުން ބުނާ ގޮތުން ރައީސް ސޯލިހު ހުވާކުރުމަށް ހަރަދުވީ 10 މިލިއަން، ފިރުޒުލް ވިދާޅުވީ 17 މިލިއަން ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުވީ ޖުމްލަ 10 މިލިއަން ރުފިޔާ ކަމަށް މަޖިލީހުން ވަނީ ބުނެފަ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުވީ ޖުމްލަ 10 މިލިއަން ރުފިޔާ ކަމަށް މަޖިލީހުން ވަނީ ބުނެފަ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް ހަރަދުވީ 17 މިލިއަން ރުފިޔާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލު ވިދާޅުވުމުން އެކަން މަޖިލިސް އިދާރާއިން ދޮގުކޮށްފި އެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވީ ރައީސް ސޯލިހު ހުވާކުރެއްވުމަށް 17 ނޮވެމްބަރު، 2018 ގައި ބޭއްވި ރަސްމިއްޔާތަށް ހަރަދުވީ 10 މިލިއަން ރުފިޔާ ކަމަށެވެ.

ރައީސް ހުވާ ކުރެއްވި ރަސްމިއްޔާތު ބޭއްވީ ގަލޮޅު ދަނޑުގަ އެވެ. އެ ރަސްމިއްޔާތު ގެ ހުރިހާ ކަމެއް ކުރުމަށް މަޖިލިސް އިދާރާއިން ހަވާލުކުރީ މި އަހަރުގެ ރަސްމިއްޔާތުވެސް ހަވާލުކޮށްފައިވާ ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފަ އެވެ.

ދެހާސް އަށާރައިގެ ރަސްމިއްޔާތަށް 17 މިލިއަން ހަރަދުވި ކަމަށް ފިރުޒުލް ވިދާޅުވީ އިންތިގާލީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެއަށްފަހު އިންތިގާލީ ތަރުޖަމާނުގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފިރުޒުލް ވިދާޅުވީ އެ އަދަދު ލިބުނީ މަޖިލީހުން ކަމަށް ވިދާޅުވީ އޮޅުމަކުން ކަމަށެވެ.

ނަމަވެސް އެ އަދަދު ރަނގަޅު ނޫން ކަމަށް ވިދާޅުވުމުގެ ބަދަލުގައި ލިޔުއްވީ އެ މައުލޫމާތު ލިބުނީ "ރަސްމިއްޔާތުގެ ތައްޔާރީތަކަށް އަޅުގަނޑުމެންގެ ފަރާތުން މަސައްކަތް ކުރައްވާ ޓީމުން އެއްކުރެއްވި މައުލޫމާތަކުން" ކަމަށެވެ.

އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާޔާތު ބޭއްވުމަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ތައްޔާރީތަކުގެ މަސައްކަތް ފަށައިފި މިހާރު ވަނީ ފަށާފަ އެވެ.

ޖުމްލަ 22.9 މިލިއަން ރުފިޔާގެ އަގަކަށް މި ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިވެކުން، އެ ސަރަހައްދު ޒީނަތްތެރިކުރުމާއި، ރަސްމިއްޔާތުގެ ކުރިއަށް ގެންދިއުން އަދި ކޭޓަރިންގެ ކަންކަންވެސް ހަމަޖައްސާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox