ތަހުގީގުކުރަން ޔާމީނު އެދިވަޑައިގަންނަވާ ކަންތައްތައް ގިނަ، 2018ގެ އިންތިހާބު ހިމެނޭ

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބުނާ އެކު ތަހުގީގުކޮށް، އެކަންކަމުގައި ޒިންމާވާ މީހުންނަށް ފިޔަވަޅު އަޅަން އެދޭ ކަންތައްތަކުގެ ދިގު ލިސްޓެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިރޭ ދެއްވައިފި އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްތަންފީޒުކުރަން ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ސިޔާސީ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ޔާމީނު ސިފަކުރެއްވި ގޮތުގައި މިހާރު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ މައްސަލަތައް ބެލުމެވެ. ތަރައްގީގެ މަސައްކަތްތަކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިނގަހިނގައި ހުންނާނެ " ފަސޭހަ" ކަމެކެވެ.

ލިސްޓްގެ އެއްވަނައިގައި ޔާމީނު ހިމެނުއްވީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަޒީޒާ ތަކާ ދެމެެދު އޮތް ކަނޑުގެ ސަރަހައްދު ބައިކުރި މައްސަލަ އެެވެ. އެކަމުގެ ތެރޭގައި ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލުނުކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ތަކުރާރު ކުރެއްވި އެވެ.

ދެވަނަ އަށް އޮތީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅެވެ.

"އިންޑިއާގެ އެންމެ ބޫޓުކިބައެއް ވެސް [އިންޑިއާ ސިފައިންގެ އެންމެ މީހެއް ވެސް] ރާއްޖޭގައި ހުންނަން ނުޖެހޭނެ" ކަމަށް ވިދާޅު އެ ވާހަކަ ނިންމަވައިލެއްވުމަށް ފަހު އެމަނިކުފާނު ވަޑައިގެންނެވީ 2018 ވަނަ އަހަރު، އެމަނިކުފާނުގެ ވެރިކަން ނިމުނު އިންތިހާބުގެ ވާހަކަ އަށެވެ.

"ރައްޔިތުންގެ ވޯޓަށް އަރައިގަތް ނުބަލަންޏާ ކޯއްޗެއް މިތާ ބަލަންވީ؟"

ޔާމީނު ވިދާޅުވީ މިހާރު ވެރިކަމުގައި އޮތް އެމްޑީޕީއަށް ތާއީދު އޮތް ވަރު ބެލުމަށް ޓަކައި "2018ގެ އިންތިހާބު ވަގަށް ނެގި ގޮތް" ބަލަން ޖެހޭ ކަމަށެެވެ. އެ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވައި އެއީ ވަގަށް ނެގި އިންތިހާބެއްގެ ގޮތުގައި އެމަނިކުފާނު ފުރަތަ ތުހުމަތު ކުރައްވަމުން ގެންދެވި އެވެ. މިރޭ ވިދާޅުވީ އެ މައްސަލަ ބަލައިފި ނަމަ، މިހާރު ވެރިކަމުގައި (ސަރުކާރުގައި ތިބި މީހުންގެ) ތެރެއިން ސަލާމަތުން ތިބޭނީ ކިތައް މީހުންތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެއް ގޮތަކަށް ވެސް ޒާތީވާކަށް ނޫން، މުއައްސަސާތަކުގެ ހައްގަށް އަރައިގަތް ގޮތް ބަލައިނުގަނެ ކޯއްޗެއް މި ތަނުގައި ބަލަން އޮންނާނީ، އީސީ ޝަރީފު އެ ކަމުގެ އިސްކޮށް ހުރި ކަމަށް ވެދާނެ، އެކަމަކު އޭނަ އެކަންޏެއް ނޫން ޝާމިލު ވަނީކީ ވެސް، 2018 ގެ ރިޔާސީ އިންތހާބު ވަގަށް ނެގި މައްސަލަ ބަލަން ޖެހޭނެ، ލާޒިމު ކަމެއް އެއީ، އެއީ ޒާތީވުމެއް ނޫން، ބަދަލު ހިފުމެއް ވެސް ނޫން،" ޔާމީން ވިދާޅުވި އެެެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުން އެ އިންތިހާބާ ގުޅޭ ތުހުމަތު ކުރައްވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އޭރު ހުންނެވި އަހުމަދު ޝަރީފު އެކަންޏަކަށް ނޫނެވެ. ވިދާޅުވީ ޝަރީފުގެ އިތުރުން އެ މައްސަލާގައި ދެން ޝާމިލުވާ އެންމެންގެ މައްސަލަ ބެލެން ވާނެ ކަަމަށެެވެ.

"އެހެންވީމާ މި މައްސަލަތައް ބަލާލައިފިއްޔާ މިތާކު ނުތިބޭނެ [ސިޔާސީ މީހުންނެެއް] މިހާރު ވެރިންގެ ތެރޭގައި ތިބި އެއްވެސް މީހަކު ނުތިބޭނެ،" އެމަނިކުފާނު ވިދާޅުވި އެެވެ.

ކަނޑުގެ ސަރަހައްދު ބައިކުރި މައްސަލައާއި އިންޑިއާ ސިފައިންގެ މައްސަލަ އަދި 2018 ގެ އިންތިހާބުގެ މައްސަލައިގެ އިތުރުން ވެސް ބަލަން އެދިވަޑައިގަންނަވާ އެތައް ކަމެއް ޔާމީނު ފާޅުކުރެއްވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox