ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރެެއްވީ ކަރެކްޝަނަށް އެންގުމަށް ފަހު

ރައީސް އަބްދުﷲ ޔާމީން؛ ރޭ އެމަނިކުފާނު ސަޕޯޓަރުންނާ ބައްދަލުކުރެއްވީ ހުއްދަ ހޯދައިގެން ކަމަށް ކަރެކްޝަންސްއިން ބުނި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ރައީސް އަބްދުﷲ ޔާމީން؛ ރޭ އެމަނިކުފާނު ސަޕޯޓަރުންނާ ބައްދަލުކުރެއްވީ ހުއްދަ ހޯދައިގެން ކަމަށް ކަރެކްޝަންސްއިން ބުނި - ފޮޓޯ: އާއިމް ޒަމީރު / އަދަދު

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށް، ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ހާލަތެއްގައި އަމިއްލަފުޅަށް ވަޑައިގެންނެވޭ ގޮތަށް ބަންދަށް ލުއިދީފައި ވަނިކޮށް ޕީޕީއެމްގެ މައި އޮފީހަށް ވަޑައިގެންނެވީ ކަރެކްޝަނަށް އެންގެވުމަށް ފަހު ކަން އެނގިއްޖެ އެވެ.

ވ. އާރަށް މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތުގެ ކުށް ސާބިތުވެއްޖެ ކަމަށް ދަށު ކޯޓުން ހުކުމްކުރީ ޑިސެމްބަރު 2022، ގަ އެވެ. އޭގެ ފަހުން އެމަނިކުފާނު ޖަލުގައި ހުންނެވުމަށް ފަހު ގޭބަންދަށް ބަދަލުކުރީ، ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބު ކާމިޔާބުކުރި ފަހުންނެވެ.

އޭގެ ފަހުން އެމަނިކުފާނު ޑޮކްޓަރަށް ދައްކަވަން ޖެހޭ ފަހަރުތަކުގައި ގެއިން ބޭރަށް ނުކުންނެވޭ ގޮތަށް ލުއިތަކެއް ދެއްވީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި އެމަނިކުފާނު ބޭރަށް ނުކުމެވަޑައިގަތް ވަގުތެއްގައި ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.

ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރެއްވީ ކަރެކްޝަންސްއަށް އެ ކަން އެންގުމަށް ފަހު ކަން، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ "އަދަދު" ނޫހަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭ ގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ކަރެކްޝަންސްއިން ބުނީ އެމަނިކުފާނަށް ލުއިތައް ދެއްވީ، ކޮންމެހެން ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް އެ އިދާރާއާ ހިއްސާ ކުރެއްވުމަށް ފަހު ބައްދަލު ކުރެވޭ ގޮތަށް ކަމަށެވެ.

"ބޭސްފަރުވާ ކުރުމަށާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކެއް ދެއްވުމަށް އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ދީފައިވާނެ، އަދި ކޮންމެހެން ބައްދަލުކުރުމަށް އެދޭ ފަރާތްތަކަށް، މި ސާވިސްއާ ހިއްސާކުރުމަށް ފަހު ބައްދަލު ކުރުމުގެ ފުރުސަތެއް ވެސް ދީފައިވާނެ،" ކަރެކްޝަންސްގެ މީޑިއާ ޓީމުން ފޮނުވި މެސެޖުގައިވެ އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ޔާމީން މިދިޔަ މަހުގެ އެކެއްގައި ޔާމީން ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ހާލަތްތަކެވެ.

ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.

އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް، ފަނޑިޔާރުންގެ ޗުއްޓީތަކުގެ ސަބަބުން ދެމެދަކުން މައްސަލަ ލަސްވެގެން ގޮސްފައިވެ އެވެ.

އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ ވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވައިފަ އެވެ. ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ ވެސް، އެމަނިކުފާނު އިންތިހާބުވި ފަހުން ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox