ޔާމީންގެ ބަންދަށް ސަރުކާރުން އަނެއްކާ ވެސް ލުއިތަކެއް ދީފި

Oct 28, 2023, 6:55 PM
މާފުށި ޖަލުން ޔާމީން ގެއަށް ބަދަލު ކުރި ދުވަހު: މިއަދު ދިނީ ކަރެކްޝަންސަށް އެންގުމަށްފަހު އަމިއްލަފުޅަށް ޑޮކްޓަރަށް ވަޑައިގެންނެވުމުގެ ހުއްދަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާފުށި ޖަލުން ޔާމީން ގެއަށް ބަދަލު ކުރި ދުވަހު: މިއަދު ދިނީ ކަރެކްޝަންސަށް އެންގުމަށްފަހު އަމިއްލަފުޅަށް ޑޮކްޓަރަށް ވަޑައިގެންނެވުމުގެ ހުއްދަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑޮކްޓަރަށް ދައްކަންޖެހިއްޖެ ހާލަތެއްގައި އަމިއްލަފުޅަށް ވަޑައިގެންނެވޭ ގޮތަށް ނިންމައި، އެމަނިކުފާނުގެ ބަންދަށް ސަރުކާރުން މިއަދު ލުއިތަކެއް ދީފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ބުނީ "މެޑިކަލް ކަންކަމަށް، އެމްސީއެސް [ކަރެކްޝަންސް] އަށް އެންގުމަށްފަހު ބޭރަށް ދިޔުމަށް ލުއިތަކެއް [ޔާމީންއަށް] ދީފައިވޭ" ކަމަށެވެ.

އެހެންކަމުން، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ޑޮކްޓަރަށް ދައްކަން ވަޑައިގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންނެވި ނަމަވެސް އިތުރު ކަމަކު އެމަނިކުފާނަށް ބޭރަށް ދިޔުމުގެ ހުއްދައެއް އަދިވެސް ނެތެވެ.

ޔާމީންގެ ބަންދަށް ސަރުކާރުން އަނެއްކާ ވެސް ލުއިތަކެއް ދީފައި މި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބުވި ފަހުން، އޮކްޓޯބަރު 1، ގައި ކުރީގެ ރައީސް ކ. މާފުށީ ޖަލުން ގެއަށް ބަދަލު ކުރުމަށްފަހެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ އެއީ "މިވަގުތަށް އެންމެ މަސްލަހު ހުރި ގޮތް" ކަމަށްވާތީ ކަމަށެވެ. ނަމަވެސް ފަހުން ކަރެކްޝަންސް އިން ބުނީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލު ކުރުމަށް ގާނޫނުން ހުއްދަ ދީފައިވާ މާއްދާއެއްގެ ދަށުން ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ރޭ، ޔާމީންގެ ދައުވާތައް އަނބުރާ ގެންގޮސް ވަގުތުން މިނިވަން ކުރުމަށް އެމަނިކުފާނުގެ ވަކީލުން ގޮވާލި އެވެ. ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ސަޕޯޓަރުން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، މުއިއްޒު އެދިވަޑައިގަތީ އެފަދަ މުޒާހަރާ ނުކުރުމަށާއި ކެތްތެރިވުމަށެވެ.

ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.

އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox