އުރީދޫ އިން އިންޓަ ސްކޫލް، ކޮލެޖު އަދި އޮފީސް އީ-ސްޕޯޓްސް މުބާރާތްތަކެއް ބާއްވަނީ

އުރީދޫ ނޭޝަންސް އިން ބޭއްވި ގޭމިން ފެސްޓިވަލް، ސްކޫލުތަކާއި ކޮލެޖު އަދި އޮފީސްތަކަށް އަންނަ އަހަރު އީސްޕޯޓްސް މުބާރާތްތަކެއް ބާއްވަން އުރީދޫއިން ވަނީ ނިންމާފަ--- ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަންސް އިން ބޭއްވި ގޭމިން ފެސްޓިވަލް، ސްކޫލުތަކާއި ކޮލެޖު އަދި އޮފީސްތަކަށް އަންނަ އަހަރު އީސްޕޯޓްސް މުބާރާތްތަކެއް ބާއްވަން އުރީދޫއިން ވަނީ ނިންމާފަ--- ފޮޓޯ: އުރީދޫ

ގޭމު ކުޅުމަށް ލޯބި ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން އަންނަަ އަހަރު އިންޓަ ސްކޫލް، އިންޓަ ކޮލެޖް އަދި އިންޓަ އޮފިީސް އީ-ސްޕޯޓްސް މުބާރާތްތައް ބާއްވަން އުރީދޫއިން ނިންމައިފި އެވެ.

އުރީދޫ އިން އެކަން އިއުލާނުކުރީ، އުރީދޫ ނޭޝަންސް އިން މިދިޔަ ހަފްތާ ބޭއްވި ގޭމިން ފެސްޓިވަލް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ގޭމިން އަކީ މިހާރު ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އަދި ޕްރޮފެޝަނަލް ކުޅުންތެރިން ގޭމިންގެ ދުނިޔޭގައި ކުރިއަރަމުން އަންނައިރު އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް 2023 ގައި ރާއްޖޭގެ ހުނަރުވެރި އީ-ސްޕޯޓްސް ގޭމަރުން ފަހާގަކުރެވިގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.

"މި އިވެންޓްގެ ކާމިޔާބީ އާއި އެކު އެކި އުމުރުފުރައިގެ ގޭމަރުންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމަށް އިންޓަ ސްކޫލް، އިންޓަ ކޮލެޖް، އަދި އިންޓަ އޮފިސް އީ-ސްޕޯޓް މުބާރާތްތައް ބޭއްވިގެންދާނެ. ހަމަ އެއާ އެކު މި ގޭމާސް ލޭންޑުގެ ތެރެއިން ގޭމިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުނަރުވެރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި މިއަހަރު މި ފެށުނު އުރީދޫ ނޭޝަން ގޭމާސް އެވޯޑްސް ވެސް ކޮންމެ އަހަރަކު ކުރިއަށްދާނެ ކަމުގައި އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ ނޭޝަންސް އިން ބޭއްވި ގޭމިން ފެސްޓިވަލްގައި ޕަބްޖީ އިވެންޓުން ޗެމްޕިއަން ނެގި ޓީމަށް އިނާމު ހަވާލުކުރުން --- ފޮޓޯ: އުރީދޫ
އުރީދޫ ނޭޝަންސް އިން ބޭއްވި ގޭމިން ފެސްޓިވަލްގައި ޕަބްޖީ އިވެންޓުން ޗެމްޕިއަން ނެގި ޓީމަށް އިނާމު ހަވާލުކުރުން --- ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަންސް އިން ބޭއްވި ގޭމިން ފެސްޓިވަލްގައި ޕަބްޖީ އިވެންޓުން ޗެމްޕިއަން ނެގި ޓީމަށް އިނާމު ހަވާލުކުރުން --- ފޮޓޯ: އުރީދޫ

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ފެސްޓިވަލް އެއްގޮތުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ގޭމިން އިވެންޓެވެ. އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައިި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ގޭމިންގް ފެސްޓިވަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ފެސްޓިވަލުގައި ތަފާތު މުބާރާތްތައް ކުރިއަށް ދިޔައިރު، އޭގެ ތެރެއިން 100،000ރ. ގެ ޕްރައިޒް ޕޫލް އަކާއެކު ކުރިއަށް ދިޔަ ޕަބްޖީ މުބާރާތުގެ ފައިނަލް މެޗް ތަކާއި، ޓެކްކަން މުބާރާތުގެ އިތުރުން ފީފާ، ރޭސިންގް ޗެލެންޖް އަދި ކޮސްޕްލޭ ޝޯ ހިމެނެ އެވެ.

މި މުބާރާތްތަކުން މޮޅުވި ފަރާތްތަކަށް އެކި އެކި ފައިސާގެ އިނާމު ދެވިފައިވާ އިރު އުރީދޫ ނޭޝަން އިން ވަނީ ޖުމްލަ 185،000 ރުފިޔާގެ އިނާމު ކުޅުންތެރިންނަށް ހުށަހަޅާފަ އެވެ.

އުރީދޫ އިން ބުނީ އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މި އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަދި ގޭމިންގް އެވޯޑާއެކު އީސްޕޯޓްސް ދާއިރާގެ އުޖާލާ ކުރިއެރުމުގެ އުއްމީދު އާވެގެން ގޮސްފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox