ހުލާސާކޮށް އިއްޔެ: މުއިއްޒު ވިދާޅުވީ ޗައިނާ-އިންޑިއާ ކޯޅުމުގެ ތެރެއަށް ރާއްޖެ ނުވަންނާނެ ކަމަށް

Oct 28, 2023, 2:33 AM
ޑރ. މުއިއްޒު ބްލޫމްބާގަށް އިންޓަވިއު ދެއްވަނީ: ފަލަސްތީނު މައްސަލައަށް އަދި ހައްދުފަހަނައެޅުމުގެ މައްސަލައަށް ވެސް ވާހަކަ ދެއްކެވި -- ފޮޓޯ: ޖަސްޓިން ސޮލޮމޮން / ބްލޫމްބާގް

ޑރ. މުއިއްޒު ބްލޫމްބާގަށް އިންޓަވިއު ދެއްވަނީ: ފަލަސްތީނު މައްސަލައަށް އަދި ހައްދުފަހަނައެޅުމުގެ މައްސަލައަށް ވެސް ވާހަކަ ދެއްކެވި -- ފޮޓޯ: ޖަސްޓިން ސޮލޮމޮން / ބްލޫމްބާގް

ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަމާއި އެ ދެމެދަށް ރާއްޖެ ވަންނަން ބޭނުން ނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ، އެމެރިކާގެ ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރާއްޖޭގައި ހުންނަވައި މުއިއްޒު ބްލޫމްބާގް ޓީވީއަށް ދެއްވި އެ އިންޓަވިއުގައި މުއިއްޒު އަނެއްކާ ވެސް ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާނީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ އެއްވެސް ގައުމަކާ ޖެހިގެން އުޅޭވަރަށް ވުރެ ކުޑަ ގައުމެއް ކަމަށެވެ. ޗައިނާ އާއި އިންޑިއާގެ ކޯޅުމުގެ ތެރެއަށް ރާއްޖެ ވަނުމަކީ ވެސް ގައުމަށް މަސްލަހަތު އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ދޭދޭ ގައުމުތަކުގައި މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމުގައި ނޫން ނަމަ ބޮޑެތި ގައުމުތަކުގެ މެދުގައި އެ އޮންނަ ކަމެއްގައި ތާށިވާކަށް. އެފަދަ ކަމަކަށް އަޅުގަނޑުމެން މިއީ މާ ކުޑަ ގައުމެއް،" މުއިއްޒު ވިދާޅުވި އެވެ.

އެ އިންޓަވިއުގައި މުއިއްޒު ވަނީ ފަލަސްތީނާއެކު ރާއްޖެ އަބަދުވެސް ހުންނާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ހެދުމުގެ ހައްގު އެ ގައުމުގެ ރައްޔިތުންނަށް އޮންނަންޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ހައްދުފަހަނައަޅައި ދިޔުމުގެ މައްސަލައާ ގުޅޭ ގޮތުން ވެސް މުއިއްޒުގެ އިންޓަވިއުގައި ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ވާހަކަ ދައްކައިގެން އިސްލާމީ އަސްލުތަކުގެ މައްޗަށް ރުޖޫއަވާން ގޮވާލުން ކަމަށެވެ.

"އެއްވެސް މީހަކު ހައްދުފަހަނަ އެޅި ވިސްނުމެއް ގެންގުޅެންޏާ އެއީ ކަންބޮޑުވުމެއް. އަޅުގަނޑު ބޭނުންވަނީ މި ގައުމު އަމާންތަނެއްގެ ގޮތުގައި އޮތުމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރުތައް

ދުވަހުގެ ފޮޓޯ

އިއްޔެ ބޭއްވި
އިއްޔެ ބޭއްވި

އިއްޔެ ބޭއްވި 28 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދި ފާތިމަތު ދީމާ އަލީ އަދި ފިރިހެން ކެޓަގަރީން އެއްވަނަ ހޯދި މުހައްމަދު ޝައްފާން އިސްމާއިލް، މެޑަލް އަދި ތަށިތަކާއެކު ފޮޓޯއަކަށް ހުއްޓިގެން: ދީމާއަކީ ރާއްޖެއިން ބޭރުގެ ގިނަ ވަނަތަކެއް ވެސް ހާސިލުކޮށްފައިވާ ކުޅުންތެރިއެއް -- ފޮޓޯ: އިސްމާއިލް އަޒްމީން / އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox