ކޯޓުގެ ޖާގައިގެ ދަތިކަން ހުއްޓަސް އޮންލައިންކޮށް ޝަރީއަތް ގެންދަން މާވިންގެ ވަކީލު ދެކޮޅު

މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރި މާވިން އަދި ލަމްހާ؛ އޮންލައިންކޮށް ޝަރީއަތް ގެންދަން މާވިލްގެ ވަކީލު ދެކޮޅު ހެދި

މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރި މާވިން އަދި ލަމްހާ؛ އޮންލައިންކޮށް ޝަރީއަތް ގެންދަން މާވިލްގެ ވަކީލު ދެކޮޅު ހެދި

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާނަމަ އެ މައްސަލާގައި ދައުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ހައްގުތަކެއް އުނިވާ ކަމަށް ބުނެ އޭނާގެ ދިފާއީ ވަކީލު އެ ކަމަށް ދެކޮޅު ހަދައިފި އެވެ.

މޭރީގެ ފިރިމީހާ މާވިން ފުލުހަށް ރިޕޯޓު ކުރީ މޭރީ ދަންޖެހިފައި ހުއްޓާ ފެނުނީ ކަމަށެވެ. ނަމަވެސް,ތ އޭނާ މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.

އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މާވިންގެ ލޯބިވެރިޔާ ލަމްހާ އަބްދުލްރަހްމާންގެ މައްޗަށް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވެ އެވެ.

Advertisement

ކްރިމިނަލް ކޯޓުގެ އިމާރާތުގެ ބޮޑު ބަޔެއް ބޭނުން ނުކުރެވޭ ވަރުވެގެން ބަންދުކުރި ފަހުން ކޯޓަށް ޖާގައިގެ ދަތިކަން ބޮޑެވެ. މޭރީ މަރުގެ ޝަރީއަތް ވެސް ނުބޭއްވި ހަތަރު މަހެއްހާ ދުވަސްވީ، އެއީ ގެންގޮސްފައިވަނީ ހުރިހާ ހަސްމުންނާއި ވަކީލުން ކޯޓަށް ހާޒިރުކޮށްގެން ގެންދިޔަ ޝަރީއަތަކަށް ވުމުންނެވެ.

ނަމަވެސް, އޮންލައިންކޮށް މިއަދު އަޑުއެހުމެއް ތާވަލުކޮށް ބޭއްވި އެވެ. ލަމްހާ އާއި މާވިން ވެސް އަޑުއެހުމުގައި ބައިވެރިވީ މާފުށީ ޖަލުން އޮންލައިންކޮށެވެ. ވަކީލުން ވެސް ބައިވެރިވީ އެ ބަޔަކު މަސައްކަތްކުރާ ތަނުގައި ތިބެގެން އޮންލައިންކޮށެވެ.

މި ވަގުތު ލަންކާގައި ހުރި އެ ގައުމުގެ ޑޮކްޓަރެއްގެ ހެކިބަސް ނަގަން ތާވަލުކޮށްފައި އޮތުމުން އެ ޑޮކްޓަރު ވެސް ބައިވެރިވީ އޮންލައިންކޮށް އެ ގައުމުގައި ހުރި ދިވެހި އެމްބަސީގައި ހުރެގެންނެވެ.

ހެކިބަސް ނަގަން ތާވަލުކޮށްފައި އޮތް ނަމަވެސް އަޑުއެހުން ފަށަމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ފާހަގަ ކުރެއްވި ކަމަކީ އޮންލައިންކޮށް ޝަރީއަތް ގެންދަން ދިފާއީ ވަކީލު އިސްމާއީލް އަހުމަދު އިންކާރު ކޮށްފައި އޮތް ކަމެވެ.

ވަކީލު އިސްމާއީލް ވިދާޅުވީ އޭނާގެ މުވައްކިލު މާވިން ޝަރީއަތް ހިނގަމުން ދަނިކޮށް ވެސް އުފެދޭ ސުވާލުތައް ގިނަ ކަމަށާއި، އެ ސުވާލުތައް ކުރުމުން ޖަވާބު ދެވޭ ގޮތަށް ގެންދިޔުމުން ޝަރީއަތް ހިނގާ ގޮތް ތަރުޖަމާ ވެގެންދާ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ތަރުޖަމާނުން މެދުވެރިކޮށް، އޮންލައިން އަޑުއެހުންތަކުގައި މާވިންއަށް އެންމެ ރަނގަޅަށް ޝަރީއަތުގައި ހިނގާ ކަންކަން ތަރުޖަމާ ވެގެން ނުދިޔަ ކަން ވެސް ދިފާއީ ވަކީލު ހަނދުމަކޮށްދެއްވި އެވެ.

މި ކަމާ ގުޅިގެން ދައުލަތުގެ ވަކީލު އައިޝަތު ޝަމާ ނަސީރު ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ހާޒިރުކުރީ އެހެން ގައުމަކަށް ނިސްބަތްވާ ހެކިވެރިޔާ ހެކިބަސް ދޭނީ އިނގިރޭސި ބަހުން ކަމަށެވެ. މާވިންއަށް އިނގިރޭސި ބަސް އެނގެ އެވެ. އެހެންވެ މިއަދުގެ އަޑުއެހުން ގެންދަން ދައުލަތުން އެދުނެވެ.

ނަމަވެސް, ގާޒީ ނިންމެވީ ދިފާއީ ވަކީލުގެ ކަންބޮޑުވުންތަކެއް ހުރުމުންނާއި މީގެ ކުރިން ތަރުޖަމާ ކުރުމުގެ އެކި މައްސަލަތައް ފާހަގަވެފައި އޮތުމުން އަޑުއެހުންތައް އޮންލައިންކޮށް ނުބޭއްވުމަށެވެ. އެ ގޮތަށް ނިންމާއިރު ކޯޓުގެ ޖާގައިގެ ދަތި ކަމަށް މި ވަގުތު ދިމާވެފައި އޮތް ހާލަތު ވެސް ދަންނަ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް ލަމްހާ އާއި މާވިން އިންކާރު ކުރުމުން، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ދިފާއުގައި މާވިން އަދި ލަމްހާ ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox