އޭސީސީން ހޯދަން އެންގީ 2018 ގެ ކުރިން ކޮށްފައިވާ މުއާމަލާތްތަކެއްގެ ފައިސާ: ފެނަކަ

ތ. ހިރިލަންދޫގައި ފެނަކައިން ގާއިމުކުރި އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވާހަކަ ދައްކަވަނީ. އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރަން އޭސީސީން އެ ކުންފުންޏަށް ވަނީ އަންގާފައި --- ފޮޓޯ: ރައީސް އޮފީސް

ތ. ހިރިލަންދޫގައި ފެނަކައިން ގާއިމުކުރި އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވާހަކަ ދައްކަވަނީ. އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރަން އޭސީސީން އެ ކުންފުންޏަށް ވަނީ އަންގާފައި --- ފޮޓޯ: ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަނުގެ 75 މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަތަކާ ގުޅޭ 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭސީސީއިން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަށް ބުނެ އާންމުކޮށްފައިވާ އަދަދާއި، ބަލާ މައްސަލަތައް ކަމަށް އާންމުކޮށްފައިވާ ތަފާސް ހިސާބަކީ 2012 ވަނަ އަހަރު އެކުންފުނި ވުޖޫދުވީ ދުވަހުން ފެށިގެން ހުރި އަދަދު ކަމަށެވެ.

އޭސީސީއިން އިއްޔެ އާންމުކުރި ނޫސް ބަޔާނުގައި، އެ މައްސަލަތަކަކީ ވަކި އިރެއްގައި ހުށަހެޅި ބަލާ މައްސަލައެއް ކަމެއް ސާފުކޮށް ބުނެފައެއް ނުވެ އެވެ.

ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެ ކޮމިޝަނުން އަންގަވާފައިވާ 20،504،491ރ. އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަަށް ފެނަކައިން ބުނެފައި ވެއެވެ.

ފެނަކައިން ހާމަކުރި އެ މުއާމަލާތްތަކުގެ ތަފްސީލުތައް

  • ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000.00ރ.
  • 2015 ގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާލާތްތަކަކާ ގުޅިގެން، ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނި ނުކޮށް އެފަރާތަށް ފައިސާ ދައްކާފައިވާތީ، ކުންފުންޏަށް ލިބުނު ގެއްލުމަށް ވާ 1،017،170.44ރ.
  • 2016 ގައި އެ ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރެވުނު މުއާމަލާތުގައި ކުންފުންޏަށް ލިބެން ޖެހޭ 17،857،979.10ރ.
  • 2017 ގައި އެ ކުންފުންޏަށް ބޭނުންވާ ބިލިންގ ސޮފްޓްވެއަރ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުޢާމަލާތްތުގައި ކުންފުންޏަށް ގެއްލިފައިވާ 1،389،342.00ރ.

ފެނަކައިން އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލު ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނި ގޮތުގައި އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރަން އެކޮމިޝަނުން ވަނީ ފެނަކައަށް އަންގައިފަ އެވެ. އޭގެ ތެރޭގައި ހިންގުމާ ގުޅޭ 48 ކަމެއް، ސިޔާސަތުތަކާ ގުޅޭ 24 ކަމެއް، ގެއްލިފައިވާ ފައިސާ ހޯދުމާ ގުޅޭ ހަ ކަމެއް އަދި ބަލައި ތަހުގީގުކުރުމާ ގުޅޭ ހަ ކަމެއް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox