ދުޅަހެޔޮ ދިރިއުޅުމަކަށް އެޗްޕީއޭގެ ސަމައްތަރުހެޔޮ އުސޫލެއް

ދުޅަހެޔޮ ދިރިއުޅުމަކަށް އެޗްޕީއޭގެ ސަމައްތަރުހެޔޮ އުސޫލެއް

ހަށިހެޔޮވުމާއެކު ދުޅަހެޔޮ ސިއްހަތެއް ލިބުމަކީ ކޮންމެ މީހަކު ވެސް ލިބެން އެންމެ ބޭނުންވާނެ އެއް ނިއުމަތެވެ. ނަމަވެސް މަދު މީހަކަށް ނޫނީ އެ ނިއުމަތުގެ ފޮނި މީރުކަން ތަޖުރިބާ ކޮށްލާކަށް ނުލިބެ އެވެ. ސަބަބުތައް ބައިވަރެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އާންމު ދިރިއުޅުމުގައި ހިފަހައްޓަންޖެހޭ އުސޫލުތަކާއި ހަމަތައް ގިނަ މީހުންނަށް ސިފަވެފައި އޮންނަނީ ބޮޑު ބުރައެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ވަރަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން ވެސް ހާސިލުވާނެ ކަމެެއް ކަމަށް ސިއްހީ މާހިރުން އަބަދުވެސް ލަފާދެ އެވެ.

މިދިޔަ އޯގަސްޓު 31 ގައި ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ސަރުކާރުގެ ހަރަކާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅޭގޮތަށް ބޭއްވުމުގެ އުސޫލެއް އެކުލަވައިލައި އާންމުކޮށްފަ އެވެ. އެ އުސޫލަކީ ސަރުކާރުގެ ހަރަކާތްތައް ހިންގުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލެއް ނަމަވެސް އޭގައި ދުޅަހެޔޮކަން ހާސިލުކުރަން ބޭނުންވާ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމަށް ގެނެވިދާނެ ވަރަށް ކުދިކުދި އެހެން ނަމަވެސް ވަރަށް މުހިންމު ބަދަލުތަކެއް ހިމަނައިފައިވެ އެވެ.

އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން މީހުން ދުރުހެލި ކުރުވުމާއި ސިއްހަތަށް ފައިދާހުރި ކާނާއާއި ބުއިންތައް ހިޔާރުކުރުމުގެ އިތުރުން ހަށިގަނޑަށް ކަސްރަރު ލިބޭނެ ފަދަ ހަރަކާތްތައް ގިނަ ކުރުމަށާއި ތިމާވެށްޓާއި ރައްޓެހި ގޮތަކަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބާރު އަޅާފައިވެ އެވެ.

ދުމާ ދުންފަތާ ދުރު މާހައުލެއް ގާއިމުކުރުން

ދުންފަތުގެ ދުމުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ނުވަތަ އެހެން މީހުންނަށް އޭގެ އަސަރު ކުރާގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުގައި ވެސް މަނާކަމެއް ކަން އެ އުސޫލުގައި ފާހަގަކޮށްފައިވެ އެވެ. ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ ސިނގިރޭޓާއި ޝީޝާއާއި ހަފައިގެން ކާ ދުންފަތުގެ އިތުރުން އީ ސިނގިރޭޓާއި ވޭޕު ވެސް ހިމެނޭކަން އެޗްޕީއޭގެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.

ދުންފަތުގެ އެއްވެސް ބާވަތެއް ސަރުކާރުގެ އެއްވެސް ހަރަކާތެއްގެ ތެރެއިން ހިލޭ ލިބެން ހުންނާނެ ގޮތަށް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރު ކުރުން އެ އުސޫލުގައި މަނާކޮށްފައިވެ އެވެ. އޭގެތެރޭގައި އަޅިކެނޑި ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ ސާމާނު ވެސް ހިމެނެ އެވެ. އުސޫލުގައި ވާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ އެއްވެސް އެއްޗެއް ސަރުކާރުގެ ހަރަކާތެއްގައި ބޭނުން ކުރެވޭނީ އިލްމީ ބޭނުމަށް އެކަންޏެވެ.

ސަރުކާރުން ރާވާ ހިންގާ އެއްވެސް ހަރަކާތެއްގައި ޒީނަތްތެރިކުރުމަށް ވެސް އަދި އެފަދަ އެހެން ކަމަކަށްވިޔަސް ދުން ބޭނުން ނުކުރެވޭނެކަމަށް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެއިތުރުން ހަރަކާތްތަކުގެ މެދުތެރެއިން ހުސްވަގުތެއް ދޭނަމަ އެ ވަގުތަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްގެން ދޭ ވަގުތަކަށް ހެދުމުގެ ބަދަލުގައި ފެން ބުއިމަށް ނުވަތަ ހެލިފެލިވެލުމަށް ނުވަތަ ނަމާދު ކުރުމަށް އެ ހުސްވަގުތުތައް ހާއްސަ ކުރުމަށް ވެސް އުސޫލުގައި ބާރު އަޅާފައިވެ އެވެ.

ސިއްހަތަށް ފައިދާ ހުރި ކާނާއަށް އިސްކަން ދިނުން

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ސަރުކާރުން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކެއްގައި ވެސް ސިއްހަތަށް ފައިދާ ހުރި މޭވާއާއި ތަރުކާރީއަށް އިސްކަން ދޭން ޖެހޭނެ އެވެ. އަދި އެފަދަ ހަރަކާތްތަކުގައި ކެއިންބުއިމަށް އެއްގޮަތަކަށް ވެސް ބޭނުންކޮށްގެން ނުވާނެ ބާވަތްތައް ވެސް އެ އުސޫލުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި އެނާޖީ ޑުރިންކުތަކާއި ޕުރޮސެސްޑު މީޓުގެ ތެރޭގައި ހިމެނޭ ސޮސެޖު ފަދަ ބާވަތްތަކާއި ދުފާ ސާމާނުގެ އިތުރުން އެކި ފާޑުގެ ލުއި ކާނާ ހިމެނެ އެވެ.

އުސޫލުގައި ބަޔާންކޮށްފައި ވާގޮތުން ސަރުކާރުން ހިންގާ ހަރަކާތްތަކުގައި ކާބޯތަކެތި ހިމަނާނަމަ ސިއްހަތަށް ފައިދާހުރި ކާނާއާއި ހަށިގަނޑަށް މާބޮޑު ފައިދާއެއް ނުކުރާ ކާނާ ހިމެނުމުގައި މެދުމިނެއް ހިފަހައްޓަންޖެހޭނެ އެވެ. އަދި ކާނާ އަތުރާއިރު ވެސް ހަށިގަނޑަށް ފައިދާހުރި ކާނާއަށް އިސްކަން ދިނުމަށް އުސޫލުގައި ބާރު އަޅާފައިވެ އެވެ. އިސްކަން ދޭންޖެހޭ ކާނާގެ ލިސްޓެއް ވެސް އެޗްޕީއޭގެ އުސޫލުގައި އެބަ އޮތެވެ.

ތިމާވެށްޓާ ރައްޓެހި މާހައުލެއްގައި ހެލިފެލިވެ އުޅެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުން

އުސޫލުގައި އެޗްޕީއޭއިން އިރުޝާދު ދީފައި އޮތީ ވީހާވެސް ބޮޑަށް ހެލިފެލިވެ އުޅެވޭނެ ފަދަ ކުޅިވަރުތަކާއި އެކްސާސައިޒްތައް ސަރުކާރުން ރާވާ ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނުމަށް އިރުޝާދު ދީފަ އެވެ. އެގޮތުން ގިނައިރު އެއްތަނެއްގައި އިށީނދެގެން ތިބެންޖެހޭ ފަދަ ތަމްރީނު ޕުރޮގުރާމުތައް އިންތިޒާމު ކުރާއިރު، ކޮންމެ ގަޑިއަކު އެއްފަހަރު ނުވަތަ ކޮންމެ 30 މިނެޓަކުން ކޮޅަށް ތެދުވެ ހަރަކާތް ކޮށްލެވޭނެ ފަދަ ހުސްވަގުތުކޮޅެއް ދޭން އެ އުސޫލުގައި ބާރު އަޅާފައިވެ އެވެ.

އޭގެއިތުރުން އެފަދަ ހަރަކާތްތައް އިންތިޒާމު ކުރާ ތަނަކީ ތިމާވެށްޓާ ރައްޓެހި މާހައުލަކަށް ހެދުމަށް ވެސް އެ އުސޫލުގައި ބާރުއޅާފައިވެ އެވެ. ހަރަކާތް ކުރިއަށް ގެންދާ ތަނުގައި ފަސޭހައި ކުނިބުނި އުކާލެވޭނެ ގޮތަށް ކުނި ވަށިގަނޑުތައް ބެހެއްޓުމާއި ހަރަކާތް ހިންގުމަށްފަހު އެތަން ސާފު ކުރުމަށް ހަރަކާތުގެ ބައިވެރިންނަށާއި އާންމުންނަށް ބާރު އެޅުމަށް ވެސް އުސޫލުގައި އިރުޝާދު ދީފައިވެ އެވެ.

މި ކަންތައްތަކަކީ ސަރުކާރުން ނޫނަސް، ހަރަކާތެއް އިންތިޒާމު ކުރާ އެހެން ކޮންމެ ފަރާތަކުން ވެސް އޭގެ މައްޗަށް އަމަލުކޮށްފި ނަމަ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާ ކުރުމުގައި ވެދެވޭ އެހީއަކަށް ނޫނީ ނުވާނެ އެވެ. މާބޮޑު ތުރާލަކައި ނުލައި ކޮށްލެވެން ހުރި މި ކަންތަކުގައި ތެރެއިން އެންމެ ކަމެއްގައި ވަކި ފަރުދަކު ހިފި ނަމަވެސް އެއީ ދުޅަހެޔޮ ސިއްހަތެއް ހޯދުމާ ގާތަށް އެމީހަކަށް އެޅޭ ފިޔަވަޅަކަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox