މުޒާހަރާ ކުރުމުން ޓްރީ ޓޮޕުން އެދުނީ ޝަކުވާ "ރަސްމީކޮށް" ހުށަހަޅަން

Oct 16, 2023, 5:47 PM
ޓްރީ ޓޮޕް ހޮސްޕިޓަލް: އިއްޔެ ހޮސްޕިޓަލް ކައިރީ މުޒާހަރާ ކުރި މީހުން ބުނަމުންދިޔައީ ހޮސްޕިޓަލުން ޝަކުވާ އަޑުނާހާ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލް: އިއްޔެ ހޮސްޕިޓަލް ކައިރީ މުޒާހަރާ ކުރި މީހުން ބުނަމުންދިޔައީ ހޮސްޕިޓަލުން ޝަކުވާ އަޑުނާހާ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިހުމާލުން އާއިލާގެ މެމްބަރުން މަރުވެފައިވާ ކަމަށް ބުނެ ބަޔަކު އެ ހޮސްޕިޓަލް ކުރިމަތީގައި އިއްޔެ މުޒާހަރާ ކުރުމުން، ޝަކުވާއެއް އޮތް ނަމަ ރަސްމީކޮށް, އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެ ހޮސްޕިޓަލުން އެދެފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި އޮތީ އެ ހޮސްޕިޓަލުގެ ހިދުމަތަކާ ގުޅިގެން ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް އޮތް ނަމަ އެ ހޮސްޕިޓަލުގެ ރަސްމީ މުއާމަލާތީ ނިޒާމުން އެކަން ހުށަހެޅުމަށެވެ.

ރަސްމީކޮށް ކަމެއް ހުށަހަޅައިފި ނަމަ އެފަދަ މައްސަލަތައް ގަވާއިދުން ބަލަމުންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. ހޮސްޕިޓަލުން އެދެނީ ޝަކުވާއެއް އޮތް ނަމަ care@treetophospital.com އަށް އީމެއިލް ކުރުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގައި މަދުވެގެން ތިން އާއިލާއަކުން ބައިވެރިވި އެވެ. އެ މުޒާހަރާގައި އެ މީހުން ބުނަމުންދިޔައީ އެމީހުންގެ އާއިލާގެ ބައެއް މެމްބަރުން މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށެވެ. ހޮސްޕިޓަލުގެ މެނޭޖްމަންޓުން އެމީހުންގެ ޝަކުވާ އަޑުނާހާ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox