ދަފްތަރު މީހުން ބާކީނުވާނެ ގޮތަށް ދާއިރާ ބަހަން ގޮވާލައިފި

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން؛ ދަފްތަރު މީހުނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ގޮވާލެއްވި - ފޮޓޯ: މަޖިލީސް

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން؛ ދަފްތަރު މީހުނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ގޮވާލެއްވި - ފޮޓޯ: މަޖިލީސް

ވެރިރަށް މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުން، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ނުކުރެވޭ ކަމަށާއި އެ މީހުންނަށް ވަކި ދާއިރާތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އަލީ ހުސައިން ވިދާޅުވީ މާލޭގެ ދަފްތަރުގައި ތިބި މީހުނަކީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވާ ބަޔެއް ނޫން ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މާލެ ސަރަހައްދުން އެންމެ ފަހުން ގޯތި ދޫކުރި އިރު އެ މީހުން އެ ސްކީމަށް ޝަރުތު ފުރިހަމަ ނުވާ ގޮތަށް އެކުލަވާލާފައި އޮތުމެވެ.

Advertisement

ނަމަވެސް އިންތިހާބުތަކުގައި އެ ރައްޔިތުން ތަމްސީލުވަނީ މާލޭގެ މީހުންގެ ގޮތުގައި ކަމަށާއި، އެ ސްކީމުގެ ކަންކަމާއި ބޯހިޔާވަހިކަމުގެ އެކި ކަންކަމުގައި މާލޭގެ ދަފްތަރު މީހުންގެ ހައްގުގައި ވަކާލާތު ކުރެވިފައި ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"މާލޭގެ ދަފްތަރުގައި މި ތިބި ރައްޔިތުންނަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މީހަކު ހޮވަން ބޭނުންވީމައި ކޮންމެ ދާއިރާއަކަށް ވެސް ކުޓުނި އަޅާލާ ގޮތަށް ނޫނީ ފުޅިމަދު އުނގުރި ޖަހާ ގޮތަށް އަޅައިލަން އޮންނަ ބަޔެއްގެ ގޮތުގައި ތިބޭ ބަޔެއް،" ދަފްތަރުގެ މީހުން ބާކީވެފައިވާ ވަރު ސިފަކުރައްވަމުން ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި މާލެ ދަފްތަރު މީހުންނަށް ވަކި ހާއްސަ ގޮނޑިތަކެއް މަޖިލީހުގައި ކަނޑައެޅުމަކީ ގާނޫނަށް އެއްވެސް ބަދަލެއް ނުގެނެސް ވެސް އިލެކްޝަންސް ކޮމިޝަނަށް ކުރެވިދާނެ ކަމެކެވެ.

"މާލޭގެ މި ހިމެނޭ ދަފްތަރު ރައްޔިތުންނަށް ވަކި ހާއްސަ ގޮނޑިތަކެއް އެކަށައެޅުން، އެއީ މިހާރުން މިހާރަށް ވެސް ކުރަން ޖެހޭ ކަމެއް، ކަނޑައެޅިދާނެ މާލެ ދަފްތަރު ދާއިރާ 1، މާލެ ދަފްތަރު ދާއިރާ 2، މާލެ ދަފްތަރު ދާއިރާ 3، މިފަދަ ގޮތަކަށް ދާއިރާތަކެއް އޮންނަން ޖެހޭ،" އަލީގެ ހިޔާލު ތަޅުމަށް ހިއްސާކުރެއްވި އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބަށް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓުގައިވާ ގޮތުން ދަފްތަރު ރަޖިސްޓްރީގައިވާ 9،653 މީހުނަށް ވޯޓު ލެވެ އެވެ.

އިންތިހާބީ ދާއިރާތައް ކަނޑައަޅަނީ ގާތްގަނޑަކަށް ކޮންމެ 5،000 އާބާދީއެއް ތަމްސީލުވާ ގޮތަށް ކަމުން އެއީ މަޖިލީހުގެ ދެ ދާއިރާއެއް ތަމްސީލު ކުރެވޭ ވަރުގެ އާބާދީއެކެވެ.

މަޖިލީސް 2024 ގެ ވަގުތީ ރިޕޯޓުގައި މާލޭގެ 17 ދާއިރާއެއް ހިމެނޭއިރު ދަފްތަރު މީހުން ހިމަނާފައިވަނީ ފަސް ދާއިރާއެއްގަ އެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ، ހުޅުމާޅެ އުތުރު ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޯޅި އުތުރު ދާއިރާ، އަދި މާފަންނު ދެކުނު ދާއިރާގަ އެވެ.

2024ގެ އިންތިހާބަށް ދަފްތަރު މީހުން ހިމަނާފައިވާ ގޮތް

  • ހުޅުމާލެ ދެކުނު ދާއިރާ: ހުޅުމާލެ 1،436 މީހުން އަދި ދަފްތަރުގެ 2،918 މީހުން
  • މައްޗަންގޯޅި އުތުރު ދާއިރާ: މައްޗަންގޯޅީގެ 3،507 މީހުން އަދި ދަފްތަރުގެ 1،000 މީހުން
  • މާފަންނު ދެކުނު ދާއިރާ: މާފަންނުގެ 4،390 މީހުން އަދި ދަފްތަރުގެ 1،020 މީހުން
  • ވިލިމާލެ ދާއިރާ: ވިލިމާލޭގެ 3،271 މީހުން އަދި ދަފްތަރުގެ 1،000 މީހުން
  • ހުޅުމާލެ އުތުރު ދާއިރާ: ފޭސް 2 ގެ 664 މީހުން އަދި ދަފްތަރުގެ 3،715 މީހުން

ރައްޔިތުންގެ މަޖިލިސް މިހާރު އެކުލެވިފައި އޮންނަ ގޮތުން ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެ އެވެ. ފެހި ގާނޫނު އަސާސީއަށް ފަހު 2009 ގައި އިންތިހާބުކުރީ 77 މެންބަރުންގެ މަޖިލީހެކެވެ. އެ ފަހުން 2014 ގައި 85 މެންބަރުންގެ މަޖިލީހެއް، 2019 ގައި 87 މެންބަރުންގެ މަޖިލީހެއް އިންތިހާބު ކުރި އެވެ. 2024 ގެ ވަގުތީ ރިޕޯޓުގައި ހިމަނާފައިވަނީ 93 ދާއިރާއެކެވެ.

ޑިމޮކްރެޓްސްއިން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވިޔަ ނުދީ ވަކި އަދަދެއްގައި ހިފެހެއްޓުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެކެވެ. އެ ބިލުގައިވަނީ އިންތިހާބީ 55 ދާއިރާއެއް ތަމްސީލުކުރާ ގޮތަށެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ ދެ މެމްބަރުންނާއި, ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox