އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް އޮމާނުން ފުރަތަމަ ބުނި: ސަރުކާރު

ފޮރިން މިނިސްޓްރީގެ އިމާރާތް. އެ މިނިސްޓްރީން ބުނީ އޮންއެރައިވަލް ވިސާ ލިބޭނެކަމަށް އޮމާނުން ފުރަތަމަ ބުނިކަމަށް. ފައިލްފޮޓޯ

ފޮރިން މިނިސްޓްރީގެ އިމާރާތް. އެ މިނިސްޓްރީން ބުނީ އޮންއެރައިވަލް ވިސާ ލިބޭނެކަމަށް އޮމާނުން ފުރަތަމަ ބުނިކަމަށް. ފައިލްފޮޓޯ

އަރަބި ގައުމެއް ކަމަށްވާ އޮމާނަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަަމަށް އެ ގައުމުން ފުރަތަމަ ބުނި ކަމަށާއި އެހެން ނަމަވެސް ދިވެހިންނަށް އެ ގައުމުން އޮން އެރައިވަލް ވިސާ ނުދޭކަން މިހާރު އެނގިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އޮމާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން އޭރު އެހެން ބުނެފައި އޮތުމުން އޮންއެރައިވަލް ވިސާގައި އެެ ގައުމަށް އެތެރެވާން ދިވެއްސަކު މަސައްކަތްކުރި އެވެ. ނަމަވެސް އެގައުމަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ނުދިންކަން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ހާމަކުރި އެވެ.

އެ ވާހަކަ ފެތުރުމުން ފޮރިން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނީ އޮމާނުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަަމަށް މާޗް 30، ގައި އިއުލާނުކުރީ އޮމާންގެ ކަމާބެހޭ އިދާރާއިން އެގޮތަށް މައުލޫމާތު ދީފައި އޮތުމުން ކަމަށެވެ.

"...ނަމަވެސް، އެއަށްފަހު މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެނީ ޝަރުތުތައް ޝަރުތުތަކެއް ފުރިހަމަވުމުންނެވެ.އެއީ،

  1. އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން.
  2. ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން

ޝަރުތު ހަމަ ނުވާ ދިވެހިން އޮމާނަށް ދަތުރުކުރުމުގެ ކުރިން ވިސާ ނަގަން އެދޭ ކަމަށް ވެސް ބަޔާނުގައި ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox