މަކަރުގެ ކުށުގައި ކުރި ހުކުމަކުން ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން ޖަލަށް

މަކަރުގެ ކުށުގައި ކުރި ހުކުމަކުން ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން ޖަލަށް

ބިދޭސީއެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ކުށުގައި ކޯޓުން އިއްވާފައިވާ ޖޫރިމަނާގެ ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާތީ އަދަބު މުރާޖައާކޮށް ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް އަދަބު ބަދަލުކޮށްފި އެވެ.

މި މައްސަލާގައި ދައުލަތުން އަބްދުﷲ މުއާޒު ސައީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދައުވާއަށް އޭނާ އިއުތިރާފުވުމުން، ކޯޓުން ކަނޑައެޅި އަދަބަކީ ހަތަރު މަސް ދުވަހުގެ ތެރޭގައި 24،000 ރ. މީރާއަށް ދެއްކުމެވެ.

ޖޫރިމަނާ އެ ގޮތުގެ މަތިން ނުދައްކާތީ އަދަބު މުރާޖައާ ކޮށްދިނުމަށް ދައުލަތުން ހުށަހެޅުމުން، ކްރިމިނަލް ކޯޓުން އޭނާގެ އަދަބު ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ބަދަލުކުރީ މިއަދު ކުރި ހުކުމެއްގަ އެވެ.

ކުރިން ޖޫރިމަނާގެ އަދަބެއް އޭނާގެ މައްޗަށް ކަނޑައަޅައި ކުށަށް އިއުތިރާފުވެފައި، އެއިރު ވަޒީފާ އަދާކޮށް މުސާރަ ލިބޭ މީހަކަށް ވާތީ ޖޫރިމަނާ ދެއްކޭނެ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައި ވުމުންނެވެ.

އަދަބު މުރާޖައާ ކުރުމުގެ ޝަރީއަތުގައި އޭނާއާ ސުވާލު ކުރުމުން ބުނެފައިވަނީ އޭނާ ވަޒީފާ އަދާ ކުރި ތަނުން މުސާރަ ނުލިބޭތީ ޖޫރިމަނާ ނުދެއްކުނީ ކަމަށެވެ. އެކަމަކު، އޭނާއަށް އެ ތަނުން ނުދީވާ މުސާރައަކީ 9،000 ރ. ކަމަށް ބުނެފައިވެ އެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން ލ. އަތޮޅު ސިކްސް ސެންސަސް ރިސޯޓްގައި މަަސައްކަތް ކުރާ ތައިލެންޑް މީހަކަށް ގުޅައި، އެ ރިސޯޓްގެ ފައިނޭންޝަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މީހެއް ކަމަށް ބުނެ އޮޅުވާލައިގެން އަމިއްލަ ބީއެމްއެލް އެކައުންޓަށް 400 ޑޮލަރު (6،144 ރ.) އޭނާ ޖަމާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox