އިންޑިއާއިން ބޭނުން ވަނީ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހައްލުކުރަން: އިންތިހާބީ ރައީސް

މިދިޔަ ބުދަ ދުވަހު އިންޑިއާ ސަފީރާއެކު އިންތިހާބީ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުން. -- ފޮޓޯ: ޕީޕީއެމް

މިދިޔަ ބުދަ ދުވަހު އިންޑިއާ ސަފީރާއެކު އިންތިހާބީ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުން. -- ފޮޓޯ: ޕީޕީއެމް

އިންޑިއާ ސަފީރު މުނު މަހާވަރުއާއެކު ބޭއްވުނީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށާއި އިންޑިއާއިން ބޭނުން ވަނީ "ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ވެސް ހައްލުކުރަން" ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބު 54 ޕަސެންޓު ވޯޓުން ކާމިޔާބު ކުރެއްވި މުއިއްޒުގެ ކެމްޕޭނުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭން އިންޑިއާ ސިފައިން ބޭރުކުރުމެވެ. ޕީޕީއެމް/ޕީއެންސީ އަދި ދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިހާރު ހިނގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ އިންޑިއާގެ ނުފޫޒުގެ ދަށުގަ އެވެ. އެ ތުހުމަތު ސަރުކާރުން ދޮގުކުރެ އެވެ.

އިންތިހާބުގެ ނަތީޖާއިން ދިން މެސެޖަކީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހިން ބޭނުންނުވާކަން ކަމަށް، މުއިއްޒު ވިދާޅުވެފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސަފީރާއެކު ބޭއްވި ބައްދުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލު، ރޭ ވަގުތު ޓީވީން ގެނެސްދިން މުއިއްޒުގެ ހާއްސަ އިންޓަވިއުގައި ވަނީ ވިދާޅުވެ ދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ވަރަށް ސުވާލުތައް ހުރި ކަމާއި، އެ ސުވާލުތަކަށް ޖަވާބު ލިބުން މުހިންމު ކަމަށް ސަފީރަށް ދެންނެވި ކަމަށެވެ

"އަޅުގަނޑު ދެންނެވިން ކޮންމެ ގައުމެއްގެ ވެސް ހައްގެއް ނޫންހެއްޔޭ އެ ގައުމެއްގެ މިނިވަންކަން ޔަގީންވެގެން ދިޔުން. އެ ގައުމެއްގެ މިނިވަންކަމަކީ އެ ގައުމެއްގެ ހައްގެއް ނޫންހެއްޔޭ. އެކަމުގައި އެ ބޭފުޅުންގެ އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވީ. ދެ ފަރާތުން ވާހަކަ ދައްކައިގެން، ދެ ފަރާތަށް ވެސް ފައިދާ ވާނެ ގޮތަކަށް ކަންކަން ގެންދެވޭނޭ، ތިމަންނަމެން [އިންޑީއާ] މި ތިބީ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ވެސް ހައްލު ކުރާށޭ،" މުއިއްޒު ވިދާޅުވި އެވެ

އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި މުޒާހަރާއެއްގައި މީހަކު "އިންޑިއާ އައުޓް" ޖަހާފައިވާ ދިދައެއް ހިފަހައިގެން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި މުޒާހަރާއެއްގައި މީހަކު "އިންޑިއާ އައުޓް" ޖަހާފައިވާ ދިދައެއް ހިފަހައިގެން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރަން ގޮވާލައި ޕީޕީއެމް/ޕީއެންސީން މާލޭގައި ބޭއްވި މުޒާހަރާއެއްގައި މީހަކު "އިންޑިއާ އައުޓް" ޖަހާފައިވާ ދިދައެއް ހިފަހައިގެން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަދައި ދިނުމަށާއި، ތަރައްގީގެ މަޝްރޫއުތައް ނުހިއްޓި ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވެސް އިންޑީއާ ސަފީރަށް މުއިއްޒު ދެންނެވި އެވެ. މަޝްރޫއުތަކުގެ އެއްބަސްވުންތަކުގެ ތަފްސީލް އެނގިވަޑައި ނުގަންނަވާ ކަމާއި އެ އެއްބަސްވުންތަކުގައި މައްސަލަތަކެއް ހުރިނަމަ ހައްލުކުރަން ބޭނުންވާ ވާހަކަ ވެސް ދެންނެވި އެވެ.

ރާއްޖޭގެ ސިޔާދަތަށް އެއްވެސް ކަހަލަ ސުވާލު މާކެއް ޖެހޭ ފަދަ އެއްވެސް ކަމެއް އެއްބަސްވުމެއްގައި ނޯންނާނެ ކަމަށް ސަފީރު ޔަގީންކޮށް ދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ބޭފުޅުން ޔަގީންކަން ދިން އެކަހަލަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް. އަދި އެ ބޭފުޅުން ވެސް ވިދާޅުވި ތިމަންނަމެން ވެސް ހަމަ ވަރަށް ބޮޑަށް އުއްމީދު ކުރަމީ ތިބޭފުޅުންނަށް ވެސް ޓްރާންސިޝަން މަސައްކަތްތަކުގެ ތެރެއިން އެއްބަސްވުންތައް ބެލޭނެ ކަމަށް، އަދި ކަންކަން ސާފުވެގެންދާނެ ކަމަށް،" އިންޑިއާ ސަފީރުގެ ބައްދަލުވުމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

"އެ މީޓިން ވެގެން ދިޔައީ ވެސް ވަރަށް ޕޮޒިޓިވް ވަރަށް ކުރިޔަށް ގެންދެވޭ އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ގައުމު އިސްކޮށްގެން ކުރިޔަށް ގެންދެވޭނެ ކަހަލަ ގޮތަކަށް މީޓިން ދިޔައީ."

އެހެން ސަފީރުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ތަފްސީލު ވެސް މުއިއްޒު ދެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ އޮންނަންވީ ގުޅުމާއި، މިހާރު އޮތް ގުޅުމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަން، އަދި ކުރިއަށް އޮތް ތަނުގައި ބޭނުންވާ މިސްރާބާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ.

ބުދަ ދުވަހު އެންމެ ފުރަތަމަ މުއިއްޒު ބައްދަލު ކުރެއްވީ އިނގިރޭސި ސަފީރާ އެވެ. އެއަށް ފަހު ޗައިނާ ސަފީރާއި އިންޑިއާ ސަފީރު އަދި ޔޫއޭއީގެ ސަފީރުއާ ބައްދަލު ކުރެއްވި އެވެ.

އިނގިރޭސި ސަރުކާރާ ގުޅިގެން މި ސަރުކާރުން ކުރިއަށް ގެންދާނެ ޕްރޮގްރާމުތަކާ ގުޅޭ ގޮތުން ސަފީރާ ވާހަކަ ދެއްކެވި ކަމަށާއި، އާ ސަރުކާރަށް ވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ފަސޭހަ ކަމަކަށް ވަނީ އިނގިރޭސި ވިލާތާ ޑީލްކުރުން. އަޅުގަނޑަށް ވަރަށް ފަރިތަ ތަނަކަށް ވާތީ، އެ ބޭފުޅުން ވެސް އެކަން ފާހަގަ ކުރެއްވި. އެހެންވެ ވަރަށް ރަނގަޅު މީޓިން އަކަށް އެ މީޓީން ވެގެން ދިޔަ،" މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު މަތީ ތައުލީމު ހާސިލު ކުރެއްވުމަށް އިނގިރޭސި ވިލާތުގައި އަށް އަހަރު ހޭދަ ކުރެއްވި އެވެ.

ޗައިނާ ސަފީރާއެކު މަޝްވަރާ ކުރެވުނީ އިތުރަށް ގުޅުން ވަރުގަދަކޮށް، ދިވެހިރާއްޖެ އިސްކޮށްފައިވާ ސިޔާސަތުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޔޫއޭއީގެ ޝަފީރާ މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އެސްއީޒެޑްގެ ވާހަކަ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox