ޔާމީންގެ ހިތްހަމަނުޖެހުން ސުޕްރީމް ކޯޓަށް: "ގާއިމުކުރީ ނުރައްކާތެރި އުސޫލެއް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރި ދުވަހު އެ މަނިކުފާނާއި އިންތިހާބީ ރައީސް މުއިއްޒު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރި ދުވަހު އެ މަނިކުފާނާއި އިންތިހާބީ ރައީސް މުއިއްޒު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު އެ މަނިކުފާނުގެ ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ކަނޑައެޅި "ނުރައްކާތެރި އުސޫލެއް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޔާމީން އަށް ލިބިވަޑައިގަތަސް އިންތިހާބުގައި ވާދަ ނުކުރެއްވުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނަގައި، ފައިސާ ލޯންޑަކުރިކަން ސާބިތުވެ އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމާއި، ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުންނެވެ. އެހެންވެ، އީސީން ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައެޅި އެވެ.

އެ ނިންމުން ބަދަލު ކޮށްދިނުމަށް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައި ނުކުތާއަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.

Advertisement

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތާއީދު ކުރެއްވި، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ޔާމީނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށެވެ. އަދި, ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އިތުރަށް މާނަ ކުރަން ނުޖެހޭ ކަމަށެވެ. އެހެންވެ، ޔާމީންގެ ކެންޑިޑެސީ އީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ހުކުމް އިއްވި އެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔު

  • ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ އިބާރާތުގެ މާނައިގައި އޮޅުމެއް ނެތް. އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވުމަށް ލާޒިމު ވުމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ނެތް.
  • މައުސޫމު މީހެއް ކަމަށް ނުވަތަ ނޫން ކަމަށް ބަލާނީ، ނިހާއީ ހުކުމަކުން ކަން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެނގޭ. އެހެން ނަމަވެސް އެ މައްސަލަތަކާ ހިނގަމުންދާ ޔާމީނުގެ ކެންޑިޑެސީ މައްސަލައާ ގުޅުވައިލެވެން ނެތް.
  • ޖަލު ހުކުމެއްގައި ހުރެމެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން، ކުރިން ބެލި ގަޒިއްޔާތަކުގައި ބަލާފައެއް ނުވޭ. އެ ފުރުސަތު ނުކުމެދާނެ ގާނޫނީ އައިބުތަކަކާ ގުޅޭ ގޮތުން ވެސް އެއިން މައްސަލައެއްގައި ބަހުސް ކުރެވިފައެއް ނުވޭ.
  • ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތަކަކީ މުތުލަގަށް ލިބިދޭ ހައްގެއް ނޫން. ގާނޫނު އަސާސީން އެ ހައްގުތައް ހަނިކުރެވޭނެ. ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ މާއްދާއިން، އެ މާއްދާގެ ތަރަހައިގެ ތެރެއަށް އެ ހައްގު ހިފެހެއްޓެވޭ.
  • ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް. ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ. އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ރަނގަޅަށް.

ސުޕްރީމް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ވާހަކަ ދެއްކެވީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ މަނިކުފާނު ދިރިއުޅުއްވާ، ހ. ދޫވެހި ކައިރިއަށް އެއްވި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. ކުޑަ ދޮރުކައިރީގައި ހުންނަވައި ބޭރަށް ބޯ ދިއްކުރައްވައިގެން ޔާމީން ދެއްކެވި ވާހަކައިގައި، ވ. އާރަށުގެ މައްސަލައިގެ އިސްތިއުނާފު ނުނިންމައި ހައިކޯޓުން ދިގު ދަންމާލީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުން އަތް ބާނައިގެން އިސްތިއުނާފު ލަސްކޮށް، ސުޕްރީމް ކޯޓާ ހަމައިން އަޅުގަނޑުގެ އިސްތިއުނާފީ ހައްގު ވަނީ ކަޓުވާލާފައި،" ޔާމީން ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންނަށް ހީފުޅުވަނީ ކަންނޭނގެ އަޅުގަނޑު ވަރަށް ހިތާމަކުރާނޭ ސުޕްރީމް ކޯޓުން އަޅުގަނޑުގެ ގޮނޑި ކަޓުވާލެއްވީމާ. މިއީ އިއްތިފާގެއްތޯ ތިޔަ ބޭފުޅުން ބައްލަވާ ލައްވާ."

ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންޑިޑެސީ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ނިންމި ގޮތުން ނަތީޖާއަކީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވެގެން، އެހެން ކެންޑިޑޭޓުންގެ މައްޗަށް ހުކުމެއް ކޮށް އިންތިހާބީ ހައްގު ގެއްލުވާލަން ފުރުސަތު ލިބިގެން ދިޔަ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

"މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޑެންޓެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކަށް ދަށު ކޯޓަކުން ކޮންމެވެސް ކަމެއްގެ ތުހުމަތުގައި އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވަރިހަމަ ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފީ މުއްދަތު ހަނިވާ ގޮތަށް،" އެ މަނިކުފާނަށް މި ފަހަރު އިންތިހާބުގައި ވާދަ ނުކުރެއްވުމުން އެކަމުގެ ދިފާއެއްގެ ގޮތުގައި، ސަޕޯޓަރުންނަށް ވިދާޅުވި އެވެ.

ޔާމީންގެ ކެންޑިޑެސީ ދިފާއުގައި ސުޕްރީމް ކޯޓުގައި ދެއްކެވި އެއް ވާހަކަ ބުދަ ދުވަހުގެ ރޭ އެ މަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވި ހަސަން ޝިޔާމްގެ ކެންޑިޑެސީ ފޯމް އީސީން ބަލައި ނުގަތް މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކުރީ، ނިހާއީ ހުކުމެއް ނެތުމުންން ކަމަށެވެ.

"މިފަހަރު އަޅުގަނޑާ ހަމައަށް މިކަން އައިމާ، އަދި އަޅުގަނޑު މި ވާހަކަ ކޯޓުގައި ދެއްކީމަ އަޅުގަނޑަށް ދެއްވާފައި އޮތް ޖަވާބަކީ ތިމަންނަމެން މިހާރު ތި އުސޫލުތަކާ ދުރަށް ދިޔައީ އޭ. އެއީ ކީއްވެތޯ، ކޮންމެ ފަހަރަކު ކަމެއް ދިމާވީމަ ކުރީގެ ނިންމާފައިވާ އުސޫލާ ދުރަށް މި ދަނީ،" ޔާމީން ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ކޮށްގެން ވެސް މި ސަރުކާރުން ހީކުރީ ކަންނޭނގެ މި ސަރުކާރު ވެރިކަމަށް އަންނާނޭ."

އެ މަނިކުފާނު ވިދާޅުވީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުކަށް އައުން ކަމަށާއި އިސްތިއުނާފީ މަރުހަލާތައް ނިންމުމަށް ފަހު ނުކުންނަވާނީ މައުސޫމު މީހެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox