ފިނިކޮޓަރީގަ ނުތިބެން ޔާމީނު އެދުމުން އާދަމް ޝަރީފު ހަނދާންކޮށްދެއްވީ "މުޒާހަރާކޮށްގެން ޖަލަށްލީކަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނާއި އާދަމް ޝަރީފު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފައިލްފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނާއި އާދަމް ޝަރީފު ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފައިލްފޮޓޯ

މަގާމުތައް ލިބުމުން ފިނި ކޮޓަރީގައި ތިއްބަވާ ހަނދާން ނެތޭ ބޭފުޅުން ގިނަ ކަމަށާއި އެގޮތަށް އެކަން ނުކުރައްވާ އެމަނިކުފާނު މިނިވަންކުރުމަށް މަގުމައްޗަށް ނުކުންނަވަން ކެރެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރައްދު ދެއްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާ އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، ޔާމީން މިފަދައިން ވިދާޅުވީ އެ މަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ދޫވެހި ކައިރިޔަށް ރޭ ފަރިވަޅެއް ހިފައިގެން އެއްވި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ކުޑަދޮރު ކައިރީގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ޔާމީނަށް ރައްދުދެއްވާ އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ޕީއެންސީ އަދި ޕީޕީއެމުން މުޒާހަރާތަށް ރޭވުމުގައި ސަޕޯޓަރުންނާ އެއްކޮށް މަސައްކަތް ކުރެއްވި ކަމަށާއި ހުރިހާ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެލެއްވި ކަމަށެވެ.

"ދެ ފަހަރަށް ފުލުހުން ބަންދުކުރިމ އަމިއްލަ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދީ، ކުރެވެންހުރި ހުރިހާ ކަމެއް ކުރީ ރައީސް ޔާމީން އާއި ޕާޓީ އާއި ގައުމުގެ ހައްގުގައި، އެ ހިތްވަރު އަދިވެސް ހުންނާނެ" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ލިޔުއްވާފައިވެ އެވެ.

ޕީޕީއެމްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ޔާމީން ރޭ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރަން އެންމެ ބޮޑަށް މަސައްކަތް ކުރީ އާދައިގެ ރައްޔިތުން ކަމަށާއި ސަރުކާރު ބަދަލުކޮށް، ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބުނީ އެ މަނިކުފާނާއި މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު ނިސްބަތް އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.

މާފުށީ ޖަލުން މިދިޔަ އާދީއްތަ ދުވަހު ޔާމީން ގެއަށް ބަދަލުކުރީ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ގައުމީ މަސްލަހަތަށްޓަކަ އެވެ. އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުއިއްޒުގެ ބައްދަލުވުން އާދީއްތަ ދުވަހު ރައީސް އޮފީހުގައި ހިނގަމުން ދިޔައިރު، ޔާމީން ހުންނެވީ އޭނާ މާލެ ގެނައުމުގެ ދަތުރުމަތީ، ލޯންޗުގަ އެވެ.

ޔާމީން މިނިވަންކުރުމަކީ މުއިއްޒުގެ ވައުދެކެވެ. އެންމެ ލަސްވެގެން ވެސް އެ މަނިކުފާނު ހުވާ ކުރައްވާ ދުވަސް ކަމުގައިވާ ނޮވެމްބަރު 17 ވަނަ ދުވަހު ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްްޒު ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، މި އިންތިގާލީ މަރުހަލާގައި އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދަވަން ބޭނުންފުޅު ވާތީ، މުޒާހަރާ ނުކުރުމާއި އެެއްވުންތައް ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ. ނަމަވެސް ޔާމީންގެ ސަޕޯޓަރުން ވަނީ ވޭތުދިޔަ ދެ ރޭ ވެސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox