އެސްއޯއީތަކުގެ ޑިރެކްޓަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާ އުސޫލަށް އަމަލުކުރަން ފަށައިފި

އެސްއޯއީތަކުގެ ޑިރެކްޓަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާ އުސޫލަށް އަމަލުކުރަން ފަށައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމުގެ އުސޫލަށް އަމަލުކުރަން ފަށައިިފި އެވެ.

އެ އުސޫލަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލުކެވެ.

އެ އުސޫލުގެ ދަށުން ޑިރެކްޓަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ބަޔާންކޮށްފައިވާއިރު އެ މިންގަނޑާއި ހިލާފުވެއްޖެ ނަމަ އެ ޑިރެކްޓަރަކާ ގުޅޭ ޝަކުވާ ހުށަހެޅުމާއި އިންކުއަރީ ހެދުމާއި ފިޔަވަޅު އަޅާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި އުސޫލަށް އަމަލުކުރަން އަންގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއްޔެ ސާކިއުލާއެއް ވެސް ނެރެފަ އެވެ.

ޕީސީބީގެ ސާކިއުލާގައި ބުނެފައިވާ ގޮތުން އެ އުސޫލު އެކުލަވާލީ ޑިރެކްޓަރުން ނަޒާހަތްތެރިކަމާއެކު ޖަވާބުދާރީ ކުރުވައި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތްކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމާއި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރާ ނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމާއެކު އެކަމުގައި އަމަލުކުރެވޭނެ އިޖްރާއަތްތައް ކަނޑައެޅުމަށް ކަމަށެވެ.

އުސޫލުގައި ހިމެނޭ މައިގަނޑު ކަންތައްތައް

މި އުސޫލުގެ ދަށުން އަހަރަކު އެއްފަހަރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ މާލީ ބަޔާން ޕީސީބީގެ ވެބްސައިޓުގައި ޝާއިއުކޮށް އެ ބަޔާން ޕީސީބީގެ ބޯޑަށް ލިޔުމަކުން ހުށަހަޅަންޖެހޭނެ އެވެ.

އެއްވެސް ޑިރެކްޓަރަކު ކުންފުނީގެ އެހެން ޑިރެކްޓަރަކަށް، މުވައްޒަފަކަށް، ކޮންޓްރެކްޓަރަކަށް ނުވަތަ އެޖެންޓަކަށް ވެސް އެފަރާތެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްބަސްވެފައިވާ މަސައްކަތަކާ ގުޅޭގޮތުން އެއްވެސް ސިފައެއްގައި ހުރަސް އަޅައި ނުވަތަ ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެެވެ. އަދި ކުންފުންޏެއްގެ ނުވަތަ ކުންފުނީގެ ބޯޑުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވެސް ޑިރެކްޓަރުންނަށް ވަނީ މަނާކޮށްފަ އެެވެ.

މި އުސޫލުގެ ދަށުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާ ނަމަ، ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބެ އެވެ.

އޭގެ އިތުރުން، ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕީސީބީން އެފަރާތަކަށް ދޭން ޖެހޭއިރު ހުށަހެޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމި ނަމަވެސް ތިން ދުވަހުގެ ތެރޭގައި، އެ ޝަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެެވެ.

އުސޫލުގައިވާ ގޮތުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާމެދު ގޮތެއް ނިންމައި ތިން ދުވަހުގެ ތެރޭގައި އިންކުއަރީއެއް ހަދަން ޖެހެ އެވެ. އަދި އެ މައްސަލައަކާ ގުޅިގެން ޑިރެކްޓަރަކު ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑުކުރުމެގެ ބާރު ޕީސީބީ އަށް އޮންނާނެ އެެވެ.

އޭގެ އިތުރުން އެ މައްސަލަ ބެލުމަށްފަހު، މައްސަލައިގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި މައްސަލަ ރައްދުވާ ޑިރެކްޓަރަކާ މެދު ފިޔަވަޅު އެޅުމުގެ ބާރުވެސް ޕީސީބީ އަށް ވަނީ ދީފަ އެވެ. އަދި ޑިރެކްޓަރަކާ މެދު އަޅާ ފިޔަވަޅުތައް ޕީސީބީގެ ވެބްސައިޓުގައި އަދި ސޯޝަލް މީޑިޔާ ވަސީލަތްތަކުގައި ވެސް ޝާއިއުކޮށް އާންމު ކުރަންޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox