މަގާމުތަކަށް ލާނީ އިތުބާރުކުރެވޭ ބޭފުޅުން، އަޅުގަނޑުގެ މައްޗަށް އެހެން ބައެއްގެ ބާރެއް ނުހިނގާނެ: މުއިއްޒު

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ހަފުލާގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ރައްޔިތުން ފިޔަވާ އެހެން ބައެއްގެ ބާރެއް އެމަނިކުފާނުގެ މައްޗަށް ނުހިނގާނެ ކަމަށް ވިދާޅުވެ، އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ސިޔާސީ ބައިވެރިންނަށާއި އެހެން ފަރާތްތަކަށް ވަރުގަދަ މެސެޖެއް ރޭ ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ އުފާ ފާޅުކުރަން ޕީޕީއެމް/ޕީއެންސީން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ މަގާމުތަކަށް ލައްވާނީ ފުރިހަމަ އިތުބާރު އޮތް ބޭފުޅުން ކަމަށާއި އެމަަނިކުފާނު ވިދާޅުވާ ގޮތަށް މަސައްކަތްކުރައްވާ ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަށް ފަހު ބަސް ވިދާޅުވާނީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޚުދު އެމަނިކުފާނު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެވަރު ބޭފުޅުން ކޮންމެ މަގާމަކަށް ވެސް ލާނީ. މިސަރުކާރުގައި ވާހެނެއް، އެހެން ބައެއްގެ އަތްމަތީގައި ބާރު އޮންނަ ސަރުކާރެއް ނޫން. އަޅުގަނޑުގެ މައްޗަށް ބާރެއް ނުހިނގާނެ އެއްވެސް ބައެއްގެ، ރައްޔިތުންގެ ބާރު އެކަނި ހިނގާނީ، ރައްޔިތުން އަޅުގަނޑު އިންތިހާބުކުރީ،" މުއިއްޒު ވިދާޅުވި އެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބާރަށް ފަހުގައި ދެން އޮންނާނީ ރައްޔިތުންގެ ބާރު ކަމަށާއި އެމަނިކުފާނާ ދޭތެރޭ ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެެހެންވީމާ މި ދެންނެވީ އެނޫން ގޮތަަކަށް އަޅުގަނޑު މަސައްކަތެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އޮންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސިޔާސަތުތައް ކަމަށާއި އެއީ އަނިޔާވެރި ސިޔާސަތުތަކެއް ކަމަށް ވާދަވެރިން ތުހުމަތުކުރަމުން ދަނިކޮށެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒާ ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން، އިންތިހާބުގެ ކެމްޕެއިނުގައި ވެސް އެ ތުހުމަތު ތަކުރާރުކޮށް ކުރި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ މިހާރުގެ ސަރުކާރުން ޒިންމާދާރުކޮށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ކަމަށާއި އެހެންވީމާ ނޮވެމްބަރު 17 ގައި އާ ސަރުކާރުގެ މަސައްކަތް ފެށޭނީ ބާރު ސްޕީޑުގައި ކަަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.

"އަަޅުގަނޑު އެދެން އެހައިތަނާ ޖެހެންދެން ވެސް އަދި އޭގެ ފަހުން ވެސް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވަން. އަޅުގަނޑަށް ޔަގީން އެ އެއްބާރުލުން ދެއްވާނެކަން ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވީ އިންތިހާބުކުރެވިފައިވާ ބޭފުޅުން. އެ ބޭފުޅުން ވެސް ބޭނުންވެލައްވާނެ ޑިމޮކްރެޓިކް ޕްރޮސެސް އަށް ރެސްޕެކްޓް ކުރައްވަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާ އިރު އެމަނިކުފާނަށް ވެސް އެވާހަކަ ދަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox