ޅ. ނައިފަރުން ގެއްލުނު 13 އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުންނާއި ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެކުއްޖާ އެންމެ ފަހުން ފެނުނީ މިދިޔަ ސެޕްޓެމްބަރު 28، ގައި ކަމަށާއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އެ ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ގެއްލުނު ކުއްޖާގެ ވަނަވަރު އަދި ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ގެއްލިގެން ހޯދަނީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނަމަކަށް ކިޔާ ކުއްޖެކެވެ.
އެކުއްޖާ ގެއްލުނު އިރު ލައިގެން ހުރީ މުށި ކުލައިގެ ޓޮޕަކާއި ނޫ ޖީންސެއް އަދި ކަޅު ފައިވާނެއް ކަމަށް ފުލުހުން ބުނެ އެވެ.
ނައިފަރު ކައުންސިލުން ބުނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުއްޖާގެ ހަބަރެއް އަދިވެސް ވެފައި ނުވާކަމަށެވެ.

ގެއްލުނު ކުއްޖާގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި އެކްން ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.












