ރައީސް އެދިވަޑައިގަތީ ތަރައްގީގެ މަޝްރޫތައް ނުހުއްޓުވާ ކުރިއަށް ގެންދިޔުމަށް

ރައީސް ސޯލިހާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން: ރައީސް އެދިވަޑައިގަތީ މި ސަރުކާރުން ފަށާފައި ހުރި މަޝްރުއޫތައް ނުހުއްޓުވާ ހިންގެވުމަށް  -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހާއި އިންތިހާބީ ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން: ރައީސް އެދިވަޑައިގަތީ މި ސަރުކާރުން ފަށާފައި ހުރި މަޝްރުއޫތައް ނުހުއްޓުވާ ހިންގެވުމަށް -- ފޮޓޯ: ރައީސް އޮފީސް

މި ދައުރުން ފަށާފައިވާ ތަރައްގީގެ މަޝްރުއޫތަައް ދެން އަންނަ ސަރުކާރަކުން ނުހުއްޓުވައި ކުރިއަށް ގެންގޮސްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެން ވެރިކަމަށް އަންނަ ސަރުކާރެއްގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވާނީ ދެކަމަކަށް ކަމަށެވެ. އެއީ ތަރައްގީގެ މަޝްރުއޫތައް ނުހުއްޓުވާ ކުރިއަށް ގެންދިއުމަށާއި، ހެޔޮ ވެރިކަމަށް ކޮށްދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އާ ސަރުކާރުގެ ކިބައިން އެ ދޭ ދެ ކަމެއް. އެއް ކަމަކީ ހެޔޮ ވެރިކަމެއް ކުރުން. އަނެއް ކަމަކީ ގައުމުގެ ތަރައްގީއަށްޓަކައި ފަށާފައިވާ މަސައްކަތްތައް ކުރިއަށްގެންދިޔުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ފަށާފައިވާ މަޝްރުއޫތައް ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ލާބައާ މަންފާއަށް، އަދި ގައުމުގެ ތަރައްގީއަށް ފަށާފައިވާ ގިނަ މަޝްރުއޫތަކެއް މިހާރުވެސް ކުރިއަށް ގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އަދި މި އިންތިހާބަށް ފަހު ވެސް ސިޔާސީ މަސައްކަތްތަކާ ދުރައް ވަޑައިނުގެން، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 54 ޕަސެންޓު ހޯއްދަވައިގެން ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 އިންސައްތަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox