ސަރުކާރުގައި ޑިމޮކުރެޓްސް ބައިވެރި ކުރުމާމެދު ޕީއެންސީގެ ޖަވާބެއް ނެތް

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ތަރުޖަމާނު، މުހައްމަދު ތޮލާލް. އޭނާ ވިދާޅުވީ ސަރުކާރުގައި ޑިމޮކުރެޓްސް ބައިވެރިކުރުމާމެދު އަދި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ތަރުޖަމާނު، މުހައްމަދު ތޮލާލް. އޭނާ ވިދާޅުވީ ސަރުކާރުގައި ޑިމޮކުރެޓްސް ބައިވެރިކުރުމާމެދު އަދި އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަލަށް އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކުރެޓްސް ބައިވެރިކުރުމާމެދު އަދި ދަންނަވާނެ ވަކި އެއްޗެއް ނެތް ކަމަށް ޕީއެންސީގެ ކެމްޕޭނު ތަރުޖަމާނު، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ވެރިކަމުގައި ދަ ޑިމޮކުރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ރޭ ވިދާޅުވުމާ ގުޅިގެން "އަދަދު" ނޫހުން ތޮލާލްއަށް ސުވާލު ކުރުމުން ވިދާޅުވީ އެފަދަ މަޝްވަރާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށެވެ.

"އަދި އެކަހަލަ މައުލޫމާތެއް ލިބިފައެއް ނެތް، އެކަހަލަ ނިންމުމެއް ނިންމާނަމަ، އެކަމުގައި ޖަވާބުދެއްވާނީ ޑރ. މުއިއްޒު،" ތޮލާލް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން މިހައިތަނަށް ޑިމޮކުރެޓްސްގެ ފަރާތުން ވެސް އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.

ދަ ޑިމޮކުރެޓްސްއިން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ހޯދައިފަ އެވެ. ނަމަވެސް އެ ޕާޓީގެ އިންޓެރިމް ކައުންސިލުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

ޕީއެންސީގެ ސަރުކާރުގައި ޑިމޮކުރެޓްސްއިގެ ބައިވެރިވުން އޮންނާނެ ކަމަށް އެޕާޓީން ބުނެފައިވާއިރު، ދެވަނަ ބުރުގައި ޕީއެންސީއަށް ކުރީގެ ޑިފެންސް މިނިސްޓަރު، މުހައްމަދު ނާޒިމްގެ ޕާޓީ އެމްއެންޕީން ތާއީދު ކުރުމަށް ނިންމީ އެއްވެސް ޝަރުތަކާ ނުލަ އެވެ. އަދި އެކަމާ ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މުއިއްޒުއަށް ތާއީދު ކުރަންޖެހޭނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox