ހުލާސާކޮށް އިއްޔެ: ޔާމީން ގޭބަންދަށް ބަދަލުކުރުން

Oct 2, 2023, 2:35 AM
ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށް ފަހު، އެ މަނިކުފާނު ގޭގެ ކުޑަދޮރަކުން ސަޕޯޓަރުންނަށް ބައްލަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށް ފަހު، އެ މަނިކުފާނު ގޭގެ ކުޑަދޮރަކުން ސަޕޯޓަރުންނަށް ބައްލަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ގޭ ބަންދަށް ބަދަލުކުރި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހު އެ ގޮތަށް ނިންމެވީ މިވަގުތު ގައުމުގެ މަސްލަހަތަށް ބައްލަވާފަ އެވެ. ރައީސް ސޯލިހު އާއި ޑރ. މުއިއްޒު އިއްޔެ ރައީސް އޮފީހުގައި ބައްދަލު ކުރެއްވި އެވެ.

"އަޅުގަނޑުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފަ މިއައީ ދެއްވި ފުރުސަތުގަ. މިކަން ފާހަގަކޮށް އަޅުގަނޑު ދެންނެވިން މިވާހަކަ. މި ގައުމުގެ ރައްޔިތުން ބަސް އިއްވީމާ އެކަމުގެ ހަމަ ގޮތް ނިންމެވީ ކަމަށް ގައުމުގެ މަސްލަހަތު އިސްކުރައްވާފައި،" ރައީސް ޔާމީން މަރުހަބާ ކިޔުމަށް އެ މަނިކުފާނު ދިރުއުޅުއްވާ ހ. ދޫވެހި ކައިރިއަށް އެތައް ސަތޭކަ ސަޕޯޓަރުން ޖަމާވެފައިވަނިކޮށް އެ ސަރަހައްދަށް ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު ކަމަށާއި، މިވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށެވެ.

"ސަރުކާރުން ރައީސް ޔާމީން ގެއަށް ދޫކޮށްލަށް ނިންމި ނިންމުމަކީ އަޅުގަނޑު ވަރަށް ބަލައިގަންނަ ވަރަށް އެކަމަށްޓަކާ ފަހުރުވެރިވާ ކަމެއް، ޝުކުރުވެރިވާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ގައުމުގައި މިވަގުތު ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސް ޔާމީންގެ ލަފާފުޅު ބޭނުންތެރި ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުޅިން މިނިވަން ނުވެ ޔާމީން ގޭގައި ހުންނެވުމަކީ ގާނޫނުގެ ތެރެއިން ވެސް ހަމަތަކެއް ކަނޑައެޅިފައިވާނެ ކަމެއްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އެކަމަކު ވެސް އެމަނިކުފާނުގެ ލަފާ ހޯއްދަވާނެ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ކުރީގެ ރައީސް ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރިއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި. އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ކުރީގެ ރައީސް ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރިއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި. އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ރައީސް ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރިއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި. އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox