ނޮވެމްބަރު 11 ގައި ޑރ. މުއިއްޒަށް ހުވާ ކުރެއްވޭނެ ގޮތް ހަދަން މަސައްކަތް ކުރަނީ

ރައީސް ސޯލިހު އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ: ނޮވެމްބަރު 11، ގައި މުއިއްޒަށް ހުވާ ކުރެއްވޭނެ މަގެއް ހޯދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ: ނޮވެމްބަރު 11، ގައި މުއިއްޒަށް ހުވާ ކުރެއްވޭނެ މަގެއް ހޯދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: ރައީސް އޮފީސް

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެވޭނެ ގޮތް ހަދަން ސަރުކާރުން މިއަދު މަސައްކަތް ފަށައިފި އެވެ.

ނޮވެމްބަރު 11 ގައި މުއިއްޒަށް ރައީސްކަމުގެ ހުވާ ކުރެވޭނެ ގާނޫނީ މަގެއް ހޯދޭތޯ މިހާރު ސަރުކާރުން ގާނޫނީ ލަފާ ހޯދަމުންދާކަން "އަދަދު" އަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެކަމުގައި ސަރުކާރުގެ ރަސްމީ ބަހެއް މި ނޫހަކަށް ނުލިބުނެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.

ނޮވެމްބަރު 11، ގައި ޑރ. މުއިއްޒަށް މަގާމުގެ ހުވާ ކުރެއްވޭ ގޮތް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެ ދުވަހު ހުވާ ކުރެއްވޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ 55 އަހަރު ކުރިން 1968 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރިޔާސީ ދައުރު ފެށޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ނޮވެމްބަރު 11 އެވެ.

ނަމަވެސް ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17 އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރެއް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން، އިންތިހާބު ބޭއްވި ތާރީހު ބަދަލުވުމުންނެވެ. އެ އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 11 ގަ އެވެ. ދެ ވަނަ ބުރު ބޭއްވީ ނޮވެމްބަރު 16، ގަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން މަގާމުގެ ހުވާ ކުރެއްވީ ޖެހިގެން އައި ދުވަހެވެ.

ކުރިން، 2018 ގެ ރިޔާސީ އިންތިހާބަށްފަހު ނޮވެމްބަރު 11 ގައި ރައީސް ސޯލިހަށް މަގާމުގެ ހުވާ ކުރެއްވޭތޯ ވެރިކަން ހިންގާ ޕާޓީން މަސައްކަތް ކުރި އެވެ. އަދި އެކަމުގައި ހުރަހެއް ނެތް ކަމަށް އެއިރު އިލެކްޝަންސް ކޮމިޝަނުން ވެސް އޮތީ ބުނެފަ އެވެ.

ނޮވެމްބަރު 11 ގައި ހުވާ ރައީސް ސޯލިހަށް ހުވާ ކުރެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދައި، ކޮމެޓީއެއްގައި ބަހުސް ވެސް ކުރި އެވެ. އެކަމަކު، ގާނޫނާ ހިލާފަށް މަގާމުގެ ހުވާ ކުރެއްވިކަމުގެ ތުހުމަތު ކުރުމުގެ ޖާގަ ނުދިނުމުގެ ގޮތުން ރައީސް ސޯލިހު ނިންމެވީ، ނޮވެމްބަރު 17 ގައި ހުވާ ކުރެއްވުމަށެވެ.

"އެއްވެސް ޒަމާނެއްގައި، މިފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވައި އަޅުގަނޑުކުރީ ގާނޫނު ޢަސާސީއާ ހިލާފަށޭ ބުނާނެ ޖާގައެއް ދޭކަށް އަޅުގަނޑު އަމިއްލަ ނަފްސަށް ގަބޫލެއް ނުކުރެވޭ،" ހިންނަވަރު ދާއިރާގެ މެމްބަރަކަށް އެއިރު ހުންނެވި ރައީސް ސޯލިހު، މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓް ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox