އިންތިހާބާ ދިމާކޮށް ސަރުކާރުން އިއުލާނު ކުރި ބައެއް ކަންކަމުގެ މައްސަލަ އޭސީސީން ބަލަނީ

އިންތިހާބާ ދިމާކޮށް ސަރުކާރުން އިއުލާނު ކުރި ބައެއް ކަންކަމުގެ މައްސަލަ އޭސީސީން ބަލަނީ

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ދިން ލުއިތަކާއި, ތައާރަފުކުރި މަޝްރޫއުތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން ހާމަކޮށްފި އެވެ.

އޭސީސީން މިއަދު ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަސް ޖުމްލަ 61 މައްސަލަ ހުށަހެޅިއިރު, އޭގެ ތެރެއިން 29 މައްސަލައެއް އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށް ބަލަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިންތިހާބީ ރިޝްވަތާއި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީގައި ރަޖިސްޓްރީކުރި ބައެއް މައްސަލަތައް

  • އިންތިހާބާ ދިމާކޮށް ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10,000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެއްސުން
  • އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ބޮޑުކުރުން
  • ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުން
  • ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުން
  • ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުން
  • ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް

އޭސީސީން ފާހަގަކުރި މި މައްސަލަތަކަކީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން ކުރި ކަންކަމެވެ.

އޭސީސީން ބުނީ އެ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އޭސީސީން ބުނީ ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ އިހްތިސޯސަށް ފެތޭ އަދި މައްސަލަ ބެލުމަށް އެކަށީގެންވާ މައުލޫމާތު ލިބޭ ގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ރަޖިސްޓަރީ ކުރަމުންދާނެ ކަމަށެވެ.

ހަމައެއާއެކު, މައްސަލަތައް ބަލައި ނިންމުމުގައި އެ ކޮމިޝަނުން ތަބާވާން ޖެހެނީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށްކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އިންތިހާބާ ގުޅިގެން އޭސީސީއަށް ގިނަ މައްސަލަތައް ހުށަހެޅީ ކާކުކަން ނޭނގޭ ގޮތަށެވެ. އެގޮތަށް 28 މައްސަލައެއް ހުށަހެޅިއިރު, އަމިއްލަ ފަރުދުން 26 މައްސަލައެއް އަދި ސިޔާސީ ޕާޓީތަކުން ތިން މައްސަލަ ހުށަހެޅި އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ވެސް ހަތަރު މައްސަލަ ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox