ޕީޕީއެމްގެ ވެރިކަމެއް ގެނައުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: ނިޔާޒް

ކުރީގެ ބަންޑާރަނައިބު، ނިޔާޒް އިބްރާހިމް. އޭނާ ވިދާޅުވީ މިހާރު އޮތް ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހެނީ މުސްތަގުބަލަށްޓަކައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ބަންޑާރަނައިބު، ނިޔާޒް އިބްރާހިމް. އޭނާ ވިދާޅުވީ މިހާރު އޮތް ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހެނީ މުސްތަގުބަލަށްޓަކައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ބާރު ހިނގާ ސަރުކާރެއް އިޔާދަވެއްޖެ ނަމަ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އަނިޔާވެރި ސަގާފަތް އަލުން ރުޖޫއަވާނެ ކަމަށާއި ޕީޕީއެމްގެ ވެރިކަމެއް ގެނައުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް އެ ވެރިކަމުގައި އޮޑިޓާ ޖެނެރަލްގެ މަގާމު ފުރުއްވި، ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނަވައި "އަދަދު" އަށް ނިޔާޒް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއް އަޔަ ނުދިނުމަށްޓަަކައި މަސައްކަތް ކުރާންޖެހޭ އެތައް ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ވަނީ އޭރުގެ ސަރުކާރުން ކަންކަން ކުރަމުންދިޔަ ކަންކަން ހަނދާންކޮށް އެ ތާރީހު އިޔާދަވިިޔަ ނުދިޔަމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"[ޕީޕީއެމްގެ ސަރުކާރެއް އިޔާދަވެއްޖެ ނަމަ] ބަދަލު ހިފުމާއި ދިވެހި ދައުލަތުގެ ފައިސާއަށް ހިޔަނާތްތެރިވުމާއި މިހުރިހައި ކަމެއް އިންތިހާއަށް ނެއްޓި ގައުމުގެ ހިންގުމުގެ ނިޒާމު އެއްކޮށް ގަޑުބަޑުވެގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދަޅުވީ ޕީޕީއެމްގެ ވެރިކަމުގައި އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުރިއިރު، އެ ސަރުކާރުގެ އެތެރޭގައި ދައުލަތުގެ ވަސީލަތްތަކަށް ހިޔާނާތްތެރިވަމުންދިޔަ މިންވަރާއި އެ ހުރިހާ ކަމެއްގެ މައުލޫމާތު ލިބި، އެކަންކަން ރައްޔިތުންނަށް ހާމަ ކުރުމުން ވެގެންދިޔަ ގޮތް ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީނު ހިންގެވި މަގުން އެމަނިކުފާނުގެ އިރުޝާދުފުޅާއި ލަފާފުޅުގެ މަތީން ވެރިކަން ކުރައްވާނެ ކަމަށް ކެންޑިޑޭޓަކު ބުނުމަކީ ބިރުވެރިކަމުގެ ނިޝާނެއް ކަމަށާއި އެއީ އެކަމާމެދު ދިވެހިން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އޭރު ހުންނެވި ޔާމީން އަބްދުލްގައްޔޫމްގެ އިރުޝާދާ އެއްގޮތަށް މިހާރު. އަލަށް މި އިންތިހާބުވާން މަސައްކަތް ކުރާ ޕްރެސިޑެންޝަލް ކެންޑިޑޭޓަކު އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމަކީ އަޅުގަނޑުމެން ބިރުވެރިވާންޖެހޭ، އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ނިޔާޒް ވިދާޅުވި އެވެ.

އެ ސަރުކާރުގައި ރައީސް ޔާމީނުގެ އަރިހުގައި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަންކަން ކުރައްވަމުން އައި ބޭފުޅުންގެ މާޒީ މިހާރު ވެސް އެއޮތީ ފެންނާން ކަމަށާއި ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތާއި އަހުމަދު އަދީބުގެ ކޭސް އެކަނި ވެސް ހެއްކަކަށް ފުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރި އެއްވެސް ބޭފުޅަކު ދިވެހި ދައުލަތުގެ މަސްލަހަތު އިސްކުރައްވައިފައެއް ނެތް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތުގެ މައްޗަކަށް މިހާތަނަކަށް،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ ކަމަކާމެދު ރަނގަޅަށް ވިސްނަވައި މިހާރުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހު ނުކުމެވަޑައިގެން ރައީސް ސޯލިހުއަށް ވޯޓެދެއްވުމަށް ހުރިހާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox