ގޭންގުތަކާ ގުޅުން އޮންނަ ވާހަކަ ދޮގުކޮށް، މަގާމުތައް ކަނޑަނާޅާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މިރޭގެ ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މިރޭގެ ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ވާހަކަދައްކަވަނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ގޭންގެއްގެ ލީޑަރަކަށް ޕޮލިސް ކޮމިޝަނަރުކަން ދޭން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި ސަރުކާރުގެ އެއްވެސް މަގާމަކަށް އައްޔަން ކުރާނެ މީހުން އަދި ނުނިންމާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިއަދު ށ. ފުނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަމުންދާ ކަމަށާއި އެވާހަކަތައް ގަބޫލު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު މިހާރު ނިންމަފަޔޯ ވަނީ ޕޮލިސް ކޮމިޝަނަރަކަށް ގޭންގު ލީޑަރަކު ލާން، އަޅުގަނޑާ ވަރަށް ބޮޑަށް ގުޅިފަޔޯ އޮތީ،" މުއިއްޒު ވިދާޅުވި އެވެ. "އަޅުގަނޑެއް އަދި ނުނިންމަން އެއްވެސް މަގާމަކަށް ލާނެ މީހަކު."

މުއިއްޒު ވިދާޅުވީ އެ ތުހުމަތުތަކަކީ ޕީއެންސީގެ މެނިފެސްޓޯގައި ހިމަނާފައި ހުރި ސިޔާސަތުތަކާ ދުރު، މުޅިން ހިލާފު ވާހަކަތެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކާ މީހުން އެ ދައްކަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެ ވާހަކަތައް ފެތުރުމުގެ ބޭނުމަކީ ޕީއެންސީން ދައްކާ ވާހަކަތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރު އުފެދޭ ގޮތެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހުލާގީ ގޮތުން ރަނގަޅު މުޖުތަމައެއް އުފެއްދުމާއި އެކަކު އަނެކަކަށް ރެސްޕެކްތު ކުރުމާއި ޒުވާނުން ފުދުންތެރި ބަޔަކަށް ހެދުމާއި މި ހުރިހާ ވާހަކައަކާ ދިމާ އިދިކޮޅު ވާހަކައެއްނޫންތޯ މިއީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެ މޭރުމުން މިރޭ ވާހަކަ ދައްކަވާފައި ވާއިރު ޕީޕީއެމް/ޕީއެންސީ އަކީ ގޭންގުތަކާ ގުޅުން އޮންނަ ޕާޓީއެއް ކަމަށް ބުނެ މީސްމީޑިއާގައި ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ގޭންގުތައް އިތުރަށް ބާރުވެރި ކުރުވި ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox