މުއިއްޒު ވިދާޅުވަނީ ހުށަހެޅުއްވީ އެލްޖީއޭއަށް ފުލްޓައިމްދޭ މިނިސްޓަރެއް ގެންނަވަން ކަމަށް

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކައުންސިލް މިނިސްޓްރީގެ ވައުދަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ އެ ވަައުދު ތަފްސީލުކޮށް ދެއްވައި ސިޔާސަތު ދިފާއު ކުރައްވައިފި އެވެ.

މުއިއްޒުގެ އެ ސިޔާސަތާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ސުވާލު އުފެއްދި ކަމަކީ، މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދިއުމުން ކައުންސިލްތައް ބާރުވެރި ވާނީ ކިހިނެއްތޯ އެވެ. އެއީ ޑިމޮކްރެސީގެ އަސާސްތަކާއެކު އެކުލަވާލި ފެހި ގާނޫނު އަސާސީގެ ކުރިން ސަރުކާރުގައި އޮޮތް އެޓޯލްސް މިނިސްޓްރީ އަލުން ގެނައުން ކަމަށް ވެސް ބަޔަކު ސިފަކުރި އެވެ.

ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ހދ. ނޮޅިވަރަންފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ބޭނުމަކީ އެލްޖީއޭގައި މިހާރު ވެސް ސަރުކާރު ތަމްސީލްކުރާ ވަޒީރެއްގެ ހައިސިއްޔަތުން ބައިވެރިވާ ހޯމް މިނިސްޓަރުގެ ބަދަލުގައި "ފުލްޓައިމް" މިނިސްޓަރެއް ހަމަޖެއްސެވުން ކަމަށެވެ.

"މިހާރު އެލްޖީއޭގެ ރައީސަކީ ހޯމް މިނިސްޓަރު، އެއީ ކައުންސިލްތަކަށް، އެލްޖީއޭއަށް ވެސް ފުލްޓައިމް ދެވޭ މިނިސްޓަރެއް ނޫން، އަޅުގަނޑު މި ހުށަހަޅަނީ ކައުންސިލްތަކަށް ފުލްޓައިމްދޭ މިނިސްޓްރީއެއް، މިނިސްޓަރެއް، އެލްޖީއޭގައި ބައިވެރިވާން،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު މާލޭގެ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވީ ދިވެހި ދައުލަތުގެ ނިޒާމު ތަރުތީބު ކުރެވިފައި އޮންނަ ގޮތުން ވެރިކަން ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ޖުޑިޝަރީގެ ބާރުގެ ތެރެއިން ކައުންސިލްތައް އޮންނަނީ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ކަމަށެވެ.

"ސަރުކާރުން މި ދެނީ ބްލޮކް ގްރާންޓެއް، އެ ބްލޮކް ގްރާންޓްގެ އިތުރުން ވެސް ފުރުސަތުތައް ހޯދަން، ކައުންސިލްތައް ހިންގުމަށް ޓަކައި ބޭނުންވާ އެހީތެރިކަން، ކައުންސިލްތަކާއި ސަރުކާރު ގުޅުވައިދޭ މުއައްސަސާއެއްގެ ގޮތުގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް މި ގެންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވިޔަސް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ އިދާރީ މަސައްކަތްތަކާއި ހިންގުން ހަވާލުކޮށްފައި އޮންނަނީ އެ އޮތޯރިޓީ ސީއީއޯއަށެވެ. ސީއީއޯއަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ރުހުން ދީގެން އައްޔަން ކުރާ މަގާމެކެވެ.

އެ އޮތޯރިޓީގެ ރައީސަކަށް ހުންނަވަނީ އޭރެއްގައި ހުންނަވާ ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓަރު ނުވަތަ ސަރުކާރުން ކަނޑައަޅާ ވަޒީރަކު އެ އޮތޯރިޓީގައި ބައިވެރިވުމުގެ ބޭނުމަކަށް ގާނޫނުގައި އޮންނަނީ ސަރުކާރުގެ ސިޔާސަތުތަކާއި ގައުމީ ތަރައްގީގެ ޕްލޭންތައް ކައުންސިލްތަކާ ހިއްސާ ކުރުމަށް އެކަންޏެވެ.

ނޮޅިވަރަންފަރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހިންގުމުގެ އަނެއް ބޭނުމަކީ ސަރަހައްދުތަކުގެ ތަރައްގީގެ ހަރުދަނާ ޕްލޭނެއްގެ ތެރެއިން އެ ކަން ކުރުމެވެ. އޭނާގެ މެނިފެސްޓޯގައި ހަތް ސަރަހައްދަކަށް ތަރައްގީ ބަހާލުމަށް ވިސްނެވީ އެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.

ހަތް ސަރަހައްދުގެ ތެރޭގައި، ތިން އާބަން ޑިވެލޮޕްމަންޓް ޒޯން ތަރައްގީ ކުރަން ހިމަނާފައި އޮތް އިރު އެއިން އެއް ޒޯނަކީ ހއ. އަތޮޅު، ހދ. އަތޮޅު، އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ޒޯނެވެ.

އެ ޒޯނުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާއިރު އެ ސަރަހައްދުގައި ބިން ބޮޑެތި ރަށްތައް ހިމެނޭ ކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ. ނޮޅިވަރަންފަރަކީ ވެސް އެއިން އެއް ރަށަށްވީއިރު އެ ރަށަކީ އޭނާގެ ސަރުކާރެއްގައި އުތުރުގެ ޒޯން ތަރައްގީ ކުރުމުގައި ހާއްސަ ދައުރެއް އޮންނާނެ ރަށެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox