ރާއްޖެއާ ގުޅުން ގޯސްވާ ގޮތަށް ދޮގު ހަބަރު ނުފަތުރަން ޗައިނާއިން ގޮވާލައިފި

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާން ލިޖިން (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) : ދޮގު ހަބަރު ފެތުރުން ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާން ލިޖިން (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) : ދޮގު ހަބަރު ފެތުރުން ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް މީޑިއާތަކުން ދޮގު ހަބަރު ފެތުރުން ހުއްޓާލުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ގޮވާލައިފި އެވެ.

ޗައިނާ އެމްބަސީން މިއަދު ހެދުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ބައެއް މީޑިއާތަކުން ޗައިނާއަށް އަމާޒުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް އަސަރުކުރާނެފަދަ ދޮގު ހަބަރުތަކެއް ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

"ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށް، ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދީ، އަދި އިޖުތިމާއީ ކުރިއެރުމަށް ކުރެވިފައިވާ މަސައްކަތްތަކެއް"

އަދި، ފެތުރެމުންދާ ދޮގު ހަބަރުތަކުގެ ސަބަބުން ދިވެހިންގެ މެދުގައި ޗައިނާއާ ދޭތެރޭ ނަފުރަތު ނުއުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެމްބަސީން ބުނެފައިވެ އެވެ.

ޗައިނާގެ އެމްބަސީއިން މިފަދަ ބަޔާނެއް ނެރެފައިވަނީ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެ އެފަދަ ހަބަރު ފެތުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ޒިންމާދާރު ނޫސްވެރިކަމަށް ބާރު އަޅައިދިނުމަށް އިންޑިއާ ހައި ކޮމިޝަނުންވެސް ބަޔާނެއް ނެރެފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހު 30 ގައި އޮންނައިރު، އެމްޑީޕީގެ އިންޑިއާ ފަސްޓު ޕޮލިސީ އާއި ޕީޕީއެމްގެ ޗައިނާއާ ގާތް ގުޅުމާމެދު ގިނަ މީޑިއާތަކުން އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުންވެސް ދަނީ ގިނަ ހަބަރުތަކެއް ފަތުރަމުންނެވެ. އެގޮތުން އެ ރާއްޖޭގައި އެ ދެގައުމުގެ އަސްކަރީ ބާރު ގާއިމުކުރުމާ ގުޅޭ އަޑުތައްވެސް ހިމެނެ އެވެ.

ޗައިނާ އެމްބަސީއިން އިތުރަށް ބުނެފައިވަނީ ބަޔާނުގައި ފާހަގަކޮށްފައިވާ ފަދަ ހަބަރުތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އެކަން ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި އެ ގައުމުން މިހާރު އެދިފައިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox