ކޯލިޝަން ހަދަން ލީޑާޝިޕުން މަޝްވަރާ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ޑރ. މުއިއްޒު މިރޭ ސަޕޯޓަރުންނާއެކު: ވިދާޅުވީ ދެ ވަނަ ބުރު ޔަގީންކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑރ. މުއިއްޒު މިރޭ ސަޕޯޓަރުންނާއެކު: ވިދާޅުވީ ދެ ވަނަ ބުރު ޔަގީންކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރިޔާސީ އިންތިހާބުގައި މިއަދު ލިބިވަޑަައިގެންނެވި ކާމިޔާބީއަށްފަހު އެހެން ޕާޓީތަކާ ކޯލިޝަން ހަދަން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މަޝްވަރާ ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށްފަހު ސްޓެލްކޯ ކައިރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިއަދުގެ ކާމިޔާބީއަކީ ކުރިން ވެސް އުއްމީދު ކުރި ނަތީޖާއެއް ކަމަށާއި އެދެނީ ރާއްޖެ އަނބުރާ ހޯދަން ކަމަށެވެ.

"ލީޑާޝިޕުގައި މަޝްވަރާ ކުރާނެ. އަޅުގަނޑުމެން އެދެނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒަށް 100،322 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލާން ނުކުތް މީހުންގެ 45.1 ޕަސެންޓެވެ. ދެ ވަނައަށް ވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،045 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.

އޭގެ އިތުރުން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ އޭނާއަށް ތާއީދު ކުރި މީހުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ރައްޔިތުން ވޯޓުލާން ނުކުތީ ގައުމީ ރޫހެއްގައި ކަމަށެވެ.

"އާދެ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި. ހަގީގަތުގައި މިއަދު މިއީ އަޅުގަނޑު ވަރަށް އުފާ ކުރާ ދުވަހެއް. އެކިއެކި ނުފޫޒުތަކާއި އެކި ފިއްތުންތަކުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ގައުމީ ރޫހެއްގައި ނިކުމެވަޑައިގެން މި ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް،" މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު 282,395 މީހުންގެ ތެރެއިން 223،092 މީހުން ވޯޓު ދިނެވެ. އެއީ ހައްގު ލިބުނު އާބާދީގެ 79 ޕަސެންޓެވެ. އިދިކޮޅު ކެންޑިޑޭޓު މުއިއްޒާއި ރައީސް ސޯލިހުގެ އިތުރުން މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox