ފުވައްމުލަކުގައި ގިނަ މީހުން ވޯޓުލާން ނުކުންނާނީ މެންދުރުފަހު

ވޯޓުލާން ހެނދުނު ފެށިއިރު، ފުވައްމުލަކު ސްކޫލުގައި އޮތް ކިޔު: ގިނަ މީހުން ވޯޓުލާން ނުކުންނާނީ މެނދުރުފަހު -- އަަދަދު ފޮޓޯ/ އަހުމަދު ސައީދު

ވޯޓުލާން ހެނދުނު ފެށިއިރު، ފުވައްމުލަކު ސްކޫލުގައި އޮތް ކިޔު: ގިނަ މީހުން ވޯޓުލާން ނުކުންނާނީ މެނދުރުފަހު -- އަަދަދު ފޮޓޯ/ އަހުމަދު ސައީދު

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ނިންމާލުމަށް އިއްޔެ ހަވީރު ބޭއްވި ސައިކަލު ބުރަށްފަހު ރޭގައި ރަށުތެރެ އޮތީ އަމާންކޮށެވެ. މިއަދު ހެނދުނު މައިރާ ގޭ ދޮރުމަތި ކުނިކަހަން ނުކުމެ އަންހެންވެރިން ކޮންމެވެސް އުޅުނެވެ. ކެފޭތަކާއި ހޮޓާތަކުގައި ކޮފީ އާއި ސައިބޯ މީހުން އިންތިހާބުގެ ނަތީޖާ ނުކުންނާނެ ގޮތަކާމެދު ބަހުސް ކުރުމުގައި ތިއްބެވެ.

ހެނދު 8:00 ޖެހިއިރު ވޯޓުލުން ފެށެން ވާވަރަށް ވޯޓުލާ ހުރިހާ މަޒުކަޒުތަކެއް ވެސް ހުރީ ތައްޔާރަށެވެ. ގަޑިއަށް ވޯޓުލުން ފެށުނުއިރު، ތޭރަ ހާހަށްވުރެ ބޮޑު އާބާދީ އެއް ދިރިއުޅޭ މިރަށުން އެހާ ގިނަަ މީހުންނެއް ވޯޓު ލާކަށް ނުނިކުމެ އެވެ. އަދި ވޯޓުލުން ފެށި އިރަށްވުރެ، ގަޑިއެއްހާއިރު ފަހުން، ކިޔު ތަކުގައި މީހުން މަދުވި އެވެ.

"މިރަށުގަ އަބްދުވެސް ގިނަ މީހުން ވޯޓުލާން ނުކުންނާނީ މެންދުރު ފަހު، އެއީ ގޭގައި ކުރަން ހުންނަ ކަންތައްތައް ވެސް ކޮށްލާފައި، ވަގުތު ވާނީ އެހާ އިރުން،" މިރަށު މެދު ދާއިރާ އަށް ވޯޓު ލާން ދިޔަ އައިޝަތު ނާސިހާ ބުންޏެވެ.

ނުވަހާހަށްވުރެ ގިނަ މީހުންނަށް މި ފަހަރުގެ އިންތިހާބުގައި މިރަށުން ވޯޓު ލެވެ އެވެ. ތާރު އަލާފައިވާ ދިގު މަގުތައް ހުސްވަން ދެން ދުއްވިއިރު، ވޯޓުލާ މަރުކަޒުތައް ކައިރި ފިޔަވާ އެހެން ހިސާބުތައް ފެނުނީ ފަޅުކޮށެވެ. މެންދުރުވެގެން އައިއިރު، ވޯޓުލާން ގޮސް ތިބީ ވަރަށް މަދު މީހެކެވެ.

"ފޮށިތައް ގިނަ ވީމަ ވެސް ކިޔު ކުޑަވާނެ، ކޮންމެ ފޮއްޓަކަށް ވޯޓުލާ ލިސްޓުގައި އެބައުޅޭ، 700، 800 ވަރަކަށް މީހުން، ބައެއް ފޮށިތަކުގައި އެއަށްވުރެ މަދު،" ކެނޑިޑޭޓެއްގެ އޮބްޒާވަރަކު ބުނީ، މެންދުރުވާން ވާއިރަށް 50 ޕަސެންޓާއި ގާތަށް މީހުން ވޯޓު ލާނެ ކަމަށެވެ.

ފުބައްމުލަކު ވޯޓުލާ މަރުކަޒެއް ކައިރީ ބަޔަކު އިށީނދެގެން: ވޯޓުލާން ކުރިއަށް ދަނީ އޮމާންކޮށް-- އަދަދު ފޮޓޯ/ އަހުމަދު ސައީދު
ފުބައްމުލަކު ވޯޓުލާ މަރުކަޒެއް ކައިރީ ބަޔަކު އިށީނދެގެން: ވޯޓުލާން ކުރިއަށް ދަނީ އޮމާންކޮށް-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުބައްމުލަކު ވޯޓުލާ މަރުކަޒެއް ކައިރީ ބަޔަކު އިށީނދެގެން: ވޯޓުލާން ކުރިއަށް ދަނީ އޮމާންކޮށް-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ޕާޓީތަކުން ކަނޑައަޅާފައި ތިބޭ އެޖެންޓުން، ގޭ އަށް ގޮސްގެންނާއި ކާރު ފޮނުވައިގެން ވޯޓު ލާން މީހުން ނެރުމަކީ އިންތިހާބު ތަކުގައި ބައެއް ރަށްްރަށުގައި ހިންގާ ކަމެކެވެ. ނަމަވެސް މިރަށުގައި، މީހުން ވޯޓުލާން ނެރުމަށް އެއްވެސް ޕާޓީ އަކުން ނުފޫޒު ފޯރުވާ ތަނެއް ނުފެނެ އެވެ.

މައި ދެޕާޓީގެ މަންދޫބުން، ވޯޓުލާ މަރުކަޒުތަކުގެ ކައިރީ ކުޑަ ޖަހައި މޭޒު ބަހައްޓައިގެން، ވޯޓުލާން އަންނަ މީހުން ލިސްޓުން ފާހަގަ ކުރަމުން ގެންދެ އެވެ. ހެނދުނު ވޯޓުލާން ފެށިއިރު، މިފަދަ ބައެއް މޭޒުތަކުން ބޭނުން މީހަކަށް ކޮފީއާ ދުފަން ލިބެން ހުއްޓެވެ. މެދުންދުރުވެގެން އައިއިރު، ފެނާއި ޖޫސް ޕެކެޓާއި މެޓަ އާއި ރެޑްބުލް ފަދަ އަގުބޮޑެތި ދަޅު ވެސް ފިނިކޮށް ފޯރުކޮށް ދެމުން ދިޔަ އެވެ.

"މިރަށުގައި ސިޔާސީ އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ، ވޯޓުލައި ނިމުނީމަ އެ ނިމުނީ، ހަމަ އެއް އާއިލާތަކެއް ވިއްޔާ މި އުޅެނީ،" ވޯޓުލާން ގޮސްހުރި އިބްރާހިމް އަބްދުﷲ ބުންނެވެ.

އެންމެ ކުރީބައިގަ ވޯޓުލާން ދިޔަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ފާހަގަ ކުރެވުނެވެ. އެންމެ ޒުވާން ފުރައިގެ ކުދިން ހެނދުކޮޅު އެއްގޮތަކަށް ވެސް ނުފެނެ އެވެ. ނަމަވެސް ހަވީރު 4:00 ޖަހަން ވާއިރަށް ގިނަ މީހުން ވޯޓުލައި ނިންމާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox