ފެނާއި ކަރަންޓުގެ އަގުތައް އެއް ރޭޓަކަށް ބަދަލު ކުރާނަން: ގާސިމް

Sep 7, 2023, 3:22 AM
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ފޮޓޯ: ޖޭޕީ

އޭނާގެ ވެރިކަމެއްގައި ފެނާއި ކަރަންޓު ހިދުމަތުގެ އަގު ވިޔަފާރިތަކާއި ގޭބިސީތަކުގައި ފަރަގެއް ނުގެންގުޅޭނެ ކަމަށާއި އަގު ކުރާނީ އެއް ރޭޓަކުން ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ކަރަންޓު ބިލާއި ފެން ބިލް ނުދެއްކިގެން މިހާރު ޖޫރިމަނާ އަށް އަރާފައިވާ ފައިސާ މައާފުކޮށް ދެއްވާނެ ކަމަށެވެ.

ސޯޝަލް ހައުސިން ހިލޭ ދޭނެ ކަމަށާއި، އަލަތު ކައިވެންޏަށް ފްލެޓެއް އަދި މިހާރު ހުރި ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި މައާފުކޮށް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ކުލި މައާފުކޮށް ދެނީ މާލޭން ހިލޭ ބިން ދީފައި، ފްލެޓުތަކުން ކުލި ނެގުމަކީ އިންސާފެއްގެ ގޮތުގައި ގަބޫލު ނުކުރެއްވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވާއިރު، ރައްޔިތުން ވޯޓު ދޭންވީ ޓްރެކް ރިކޯޑު އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ކަމަށް ވަންޏާ އަޅުގަނޑު. މި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައިން ކަމަށް ވަންޏާ އަދި އެހެން މީހުން ދައްކާ ވާހަކައިން ކަމަށް ވަންޏާ އަޅުގަނޑާ އެއްވަރުގެ ޓްރެކް ރެކޯޑެއް އޮތް، ސާފުތާހުރި، އެނަޖެޓިކް، އަދި ތަޖުރިބާ ހުރި ކަންތައްތައް ކުރުމުގެ ވިސްނުމާއި ގާބިލިއްޔަތު [އެހެން ކެންޑިޑޭޓެއްގެ ކިބައިގައި] ނެތް" ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އެއް މަހުޖަނު ވިދާޅުވީ އޭނާ އެޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ނޫން ކަމަށާއި މިފަހަރު ވެސް ވާދަ ކުރެއްވީ އިސްލާހަށް މަސައްކަތް ކުރާ މީހަކަށް ވާތީވެ، ގައުމު އޮތް އަނދަވަޅު ސަލަމާތް ކުރުމަށް ކަމަށެވެ. ވެރިކަން ބޭނުން ވާނަމަ އޭނާ ހުންނެވީހީ އެންމެ ބޮޑު އެމްޑީޕީ ނުވަތަ ޕީޕީއެމްގެ ލީޑަރެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަން ކުރަން ހުރި ނަމަ ލާހިކެއް ނޫން އެހެން މީހަކަށް ކުޅަދާނައެއް ނޫން ކައިރިވެލަން ވެސް. އެއީ ކަށަވަރު ކަމެއް. އެއީ އެތަންތަން އުފެއްދީ އަޅުގަނޑު މަސައްކަތް ކޮށްގެން އަޅުގަނޑު. ވަރަށް ގިނަ މީހުންނަށް އެނގޭނެ މިކަން ވެސް،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox