ހުޅުމާލޭ ކޮންޓެއިނަރު ޕާކުގެ "ކޯ-ވޯކިން ސްޕޭސް" މިއަދު ހުޅުވައިފި

Sep 5, 2023, 12:35 PM
ހުޅުމާލޭ ކޮންޓެއިނަރު ޕާކު: އެތަނުގައި ކެފޭއަކާއި ރެސްޓޯރަންޓެއްގެ އިތުރުން މީޓީން ރޫމެއް ވެސް ހަދާނެ -- ފޮޓޯ: އާބަންކޯ

ހުޅުމާލޭ ކޮންޓެއިނަރު ޕާކު: އެތަނުގައި ކެފޭއަކާއި ރެސްޓޯރަންޓެއްގެ އިތުރުން މީޓީން ރޫމެއް ވެސް ހަދާނެ -- ފޮޓޯ: އާބަންކޯ

ކުދި އަދި އަމިއްލަ ވިޔަފާރިވެރިންނަށް ގޮސް މަސައްކަތް ކުރެވޭ ގޮތަށް ހުޅުމާލޭ ކޮންޓެއިނަރު ޕާކުގައި ހެދި "ކޯ-ވޯކިން ސްޕޭސް" މިއަދު ހުޅުވައިފި އެވެ.

އެއީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރު އަދި އާބަންކޯއިން ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އާބަންކޯއިން ބުނީ އަލަށް ވިޔަފާރި ފަށާ މީހުންނާއި ކަމެއް ފަށަން ބޭނުންވާ މީހުން އަދި ގްރޫޕުތަކަށް އެތަނަށް ގޮސް މަސައްކަތް ކުރެވޭނެ ކަމަށެވެ.

އާބަންކޯއިން ބުނީ، ހުކުރު ދުވަސް ނޫން އެހެން ހުރިހާ ދުވަހު ވޯކިން ސްޕޭސް ހުޅުވާފައި ހުންނާނެ ކަމަށާއި ތަން ހިފަންޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ބުކް ކުރުމަށްފަހު ކަމަށެވެ. ފުރަތަމަ މަހު އެތަން ދޫކުރަން ނިންމާފައި ވަނީ ހިލެ އެވެ.

އާބަންކޯއިން ބުނީ އެތަނުގެ މައިގަނޑު މަގުސަދަކީ "ލައިވްލީ އަދި ކޮމިއުނިޓީ އެންގޭޖިން" މަސައްކަތުގެ މާހައުލެއް އުފެއްދުން ކަމަށެވެ. އަދި އެތަން މެދުވެރިކޮށް ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން އާބަންކޯއިން ބުނީ ކޮންޓެއިނަރު ޕާކުގައި ވަރަށް އަވަހަށް މީޓީން ރޫމަކާއި ޓޭކްއަވޭ ކެފޭއަކާއި ފާސްޓްފުޑް ރެސްޓޯރަންޓެއް ހުޅުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox