ދައުރު ވަނީ ބޭންކެއްގެ ބޭނުމަށް އިޖުރާއަތްތައް ފުރިހަމަކޮށްގެން އެތެރެކުރި ޑޮލަރުތަކެއްގެ ވީޑިއޯއެއް ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެކުރި ގޮތް ނޭނގޭ ޑޮލަރުތަކެއް ކަސްޓަމުން ކްލިއާ ކޮށްދިން ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާއްމުކޮށްފައި ވާތީ، ކަސްޓަމްސްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ޑޮލަރުތަކަކީ ބޭންކެއްގެ ބޭނުމަށް، އިޖުރާއަތްތައް ފުރިހަމަކޮށް އެތެރެކޮށްފައިވާ ޑޮލަރުތަކެއް ކަމަށެވެ.
އަދި އެ ފަދަ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް މީޑިއާތަކުން ރިޕޯޓު ނުކުރުމަށް ކަސްޓަމުން އިލްތިމާސްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ ކޮން ބޭންކެއްގެ ބޭނުމަކަށް، ކޮން ގައުމަކުން އެތެރެކުރި ޑޮލަރެއް ކަމެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެ އެވެ.











