މުއިއްޒުގެ އެޕާޓްމެންޓު ކުއްޔަށް ދިނީ ބްރިޖް އެޅި ކުންފުންޏަށް، ޖަމާވީ ކުލީގެ ފައިސާ: ތޮލާލް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު -- ފޮޓޯ: އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު -- ފޮޓޯ: އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ސިނަމާލެ ބްރިޖްއެޅި ކުންފުނިން އެކައުންޓަށް ޖަމާވީ ކުލީގެ ފައިސާކަމަށް އިދިކޮޅުން ބުނެފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "އަދަދު"އަށް ވިދާޅުވީ މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ވަން ޑޮލަރަކީ ގެއިން ކުއްޔަށް ދީފައިވާ ދެ އެޕާޓްމެންޓުގެ ކުލީގެ ފައިސާ ކަމަށެވެ.

"ޑރ. މުއިއްޒުގެ އެކައުންޓަށް ކޮންމެ މަހަކު ޖަމާވި ޑޮލަރަކީ އެމަނިކުފާނުގެ ރޯހައުސް އިން ކުއްޔަށް ދޫކޮށްފައިވާ ދެ އެޕާޓްމެންޓު ކުލީގެ ގޮތުގައި އެފަރާތްތަކުން ދައްކަމުން ގެންދާ ފައިސާ," ތޮލާލް ވިދާޅުވެފައިވެ އެވެ.

އެކަން ބޭންކަށް ވެސް އަންގާފައިވާނެ ކަމަށާއި، އެ ފައިސާ ރޯހައުސް ލިބުނު ހިސާބުން ފެށިގެން ސިނަމާލެ ބްރިޖް އެޅި ކުންފުނިން ދެ އެޕާޓްމެންޓު ނަގާފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ. ތޮލާލް ވިދާޅުވީ މުއިއްޒު ގެންދަވަނީ އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ވެސް ބަރާބަރަށް ދައްކަވަމުން ކަމަށާއި ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް މުއިއްޒު ނުކުރައްވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ކަމަށް ހުންނެވިއިރު 2015 އިން ފެށިގެން ނޮވެމްބަރު، 201، ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ބޭރުގެ ކުންފުނިތަކާއި ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެ އެވެ. އަދި މުއިއްޒުގެ އެކައުންޓުން ގިނަ އަދަދެއްގެ ޓްރާންސެކްޝަން އެކި ފަރާތްތަކަށް ހަދައިފައި އެބަ ހުއްޓެވެ.

މުއިއްޒުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ޔޫއެސް ޑޮލަރު އެކައުންޓަށް ފެބްރުއަރީ 01, 2017 އިން ފެށިގެން އޮކްޓޯބަރު 15, 2018 ގެ ނިޔަލަށް ޖަމާވެފައިވާ ޔޫއެސް ޑޮލަރުގެ ތަފްސީލު ލިޔެކިޔުންތަކެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.

އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ފާހަގަކޮށްލެވޭ ބޮޑު އަދަދުތަކެއް ތިން ކުންފުންޏަކުން މުއިއްޒުގެ އަމިއްލަ ނަމުގައި އޮތް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ އެކައުންޓަށް ގަވާއިދާ ހިލާފަށް އެއްވެސް ފައިސާއެއް ޖަމާވެފައި ނޯންނާނެ ކަމަށެވެ. އަދި ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ "އަޅުގަނޑު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ" ކަމަށާއި ފޮރުވާނެ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑަކަށް ކުރިމައްޗެއް ނުކުރެވޭނެ ޖަބާދު ނުދެވޭ ސުވާލެއް. އެއްވެސް ތުހުމަތަކުން އަޅުގަނޑު އެކަމަކުން ރެކޭނެ ކަމެއް ނޯންނާނެ. ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް އިރަކު ކުރި ކަމެއް ނޯންނާނެ. މިހާރު ވެސް ނުކުރަން، ކުރިއަށް އޮތް ތަނަކު ވެސް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox