ގާސިމްގެ މެނިފެސްޓޯ: ޓުއަރިޒަމް ދަށް އަތޮޅުތަކަށް 33،000 އެނދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް ވީޓީވީގެ ޕްރޮގްރާމެއްގައި - ފޮޓޯ: ޒިދާން މުހައްމަދު ވީނިއުސް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް ވީޓީވީގެ ޕްރޮގްރާމެއްގައި - ފޮޓޯ: ޒިދާން މުހައްމަދު ވީނިއުސް

ޓުއަރިޒަމް ވިޔަފާރި ދަށް އަތޮޅުތަކުގައި އެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ވައިގެ ދަތުރުފަތުގެ މަޝްރޫއުތަކާއި ރިސޯޓްތައް ގާއިމުކޮށް ޖުމުލަ 33،000 އެނދު އެ އަތޮޅުތަކުގައި ގާއިމުކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.

ވިލާ ވިޔަފާރީގެ ވެރިޔާ ގާސިމްގެ "ވީޓީވީ" މެދުވެރިކޮށް އިއްޔެ ހަވީރު ގެނެސްދެއްވި ޕްރޮގްރާމެއްގައި މިދިޔަ 10 އަހަރު ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާއި ޕްލޭން އޮތް ގޮތާއި ހުރި މައްސަލަތައް ހައްލު ކުރުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަން ގެނެސްދެއްވި އެވެ.

ގާސިމްގެ އެޑްވައިޒަރު އަހުމަދު ނިހާން ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ ދެ ސަރުކާރުގެ ވެސް އެންމެ ބޮޑު ފެއިލާއަކީ މުޅި ރާއްޖެއަށް ތަރައްގީގެ ކުލަވަރު ދައްކުވައިނުދެވުން ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް، ޓުއަރިޒަމްގެ ފައިދާ ނުލިބޭ ރަށްތަކެއް ވެސް މީގައި ހިމެނޭ ކަން ފާހަގަ ކުރެއްވި އެވެ.

ގާސިމްގެ މެނިފެސްޓޯގައި ހަތް ސަރަހައްދަކަށް ރާއްޖެ ބަހާލުމަށް ފަހު، ކޮންމެ ސަރަހައްދެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ރޭވި ބަހާލާނެ ގޮތް އެބަ އޮތް ކަން ދެން ފާހަގަ ކުރެއްވި އެވެ. އެ ގޮތުން 33،000 އެނދު ގާއިމުކުރާއިރު އެއިން 20،000 އެނދަކީ ޓުއަރިޒަމް އެންމެ ދަށް އުތުރާއި ދެކުނުގެ ސަރަހައްދެވެ.

ޓުއަރިޒަމް އެނދު ތަރައްގީކުރަން ރާވާފައިވާ ގޮތް

  • ހއ. ހދ. ށ. - 10،000 އެނދު
  • ނ. ރ. - 3،000 އެނދު
  • ވ. މ ފ. ދ. - 6،000 އެނދު
  • ތ. ލ. - 4،000 އެނދު
  • ގއ. ގދ. ޏ. ސ. - 10،000 އެނދު

ކޮންމެ އިދާރީ އަތޮޅެއްގައި ޝިޕްޔާޑަކާއި ޔޮޓް ބަނދަރެއް ތަރައްގީކުރުމަށް ވެސް ހިމަނާފައިވެ އެވެ. އަދި ކޮންމެ އަތޮޅެއްގައި އެގްރިކަލްޗާއާއި މެރިންކަލްޗާގެ ވިޔަފާރިތައް ފުޅާކުރުމަށް ވެސް ހިމަނާފައިވެ އެވެ.

މާލެ ސަރަހައްދުގައި މިހާރު ހިނގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާ ސަބަބުތައް ދެނެގަތުމުގެ މަސައްކަތް އެންމެ ފުރަތަމަ ވެސް ބެލުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު މާލެ އޭރިއާ ކަނެކްޓިވިޓީ ބްރިޖާއި ގުޅީފަޅު ޕޯޓް މަޝްރޫއު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox