ޕީޕީއެމް/ޕީއެންސީން ދިނީ ބަދަހިކޮށް ތިބި ކަމުގެ ޔަގީންކަން

ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތޮލާލް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ ޖެނެރަލް، މުހައްމަދު ތޮލާލް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕްރޮގުރެސިވް ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް، ސާބިތުކަމާ އެކު ރައީސް އަބްދުالله ޔާމީންގެ ފަހަތްޕުޅުގައި ކަމުގެ ޔަގީންކަން އެ ކޯލިޝަނުގެ ލީޑާޝިޕުން ސަޕޯޓަރުންނަށް އަރުވައިފި އެވެ.

ޕީޕީއެމްގެ މައި އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒުގެ ތަރުޖަމާނު، މުހައްމަދު ތޮލާލް ވިދާޅުވީ އެ ކޯލިޝަނުގައި ރައީސް ޔާމީނުގެ އެންގެވުމާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ބޭފުޅުން ތިއްބެވި ކަމަށާއި އެ ބޭފުޅުން ވެސް އުޅުއްވަނީ ޑރ. މުއިއްޒު އިންތިހާބު ކުރުމަށްޓަކައި ކެމްޕެއިން ކުރެއްވުމުގައި އަވަދި ނެތި ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރުޝިޕުގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކު އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަށް ޑރ. މުއިއްޒު ވަޑައިގަންނަވަންޏާ އެ ވަޑައިގަންނަވަނީ އޭގެއިތުރުން ވެސް އެކި ބޭފުޅުން އެ ގެންދަވަނީ އެކި ދިމަދިމާލުގައި މަސައްކަތް ކުރައްވަމުން،" އިދިކޮޅު ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާ އެއްކޮށް ރައީސް ޔާމީނުގެ ފަހަތްޕުޅުގައި,"

އެ ވާހަކަތަކަށްފަހު "އަދަދު" ނޫހުގައި ރޭ ޝާއިޢު ކޮށްފައި އޮތް ހަބަރަކަށް ހަވާލާދެއްވައި ތޮލާލް ވަނީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށް ތުހުމަތު ކުރައްވައި އެއީ އެންޓި ކެމްޕެއިން ކުރުން ކަމަށް ސިފަ ކުރައްވައިފަ އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ބައެއް ނޫސްވެރިންނަށް އަމާޒު ކުރައްވައި ވެސް ފާދުވިދާޅުވެފައިވެ އެވެ.

"އެ މީހުން ބޭނުންވަނީ އަޅުގަނޑުމެންގެ ތެރެ ބައިބައިކުރަން، އަޅުގަނޑުމެންގެ ލީޑަރުން ބައިބައި ކުރަން، އަޅުގަނޑުމެންގެ ބައެއް ލީޑަރުންގެ ނަން ކިޔައިގެން މިކަހަލަ ވާހަކަތައް މިދައްކަނީ،" އޭނާ ވިދާޅުވި އެވެ.

ތޮލާލް އެހެން ވިދާޅުވި ނަމަވެސް "އަދަދު" ނޫހުގައި ރޭ ޝާއިޢު ކޮށްފައިވާ ހަބަރަކީ ރައީސް ޔާމީނު އެ ވާހަކަތައް ދެއްކެވިއިރު، ކޯޓު ރޫމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނާ އަރިސް ބޭފުޅުން ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަބަރެކެވެ. އަދި އެ ހަބަރު ޝާއިޢު ކުރުމަށްފަހު ވެސް ޕީޕީއެމްގެ ބައެއް އިސް ބޭބޭފުޅުން މި ނޫހަށް ގުޅުއްވައި އެކަން ކަށަވަރު ކޮށްދީފައިވެ އެވެ.

ރިޔާސީ އިންތިހާބަށް އެންމެ ހަފުތާއަކަށް ވެފައިވާއިރު، އިންތިހާބުގެ ފޯރި ވަނީ އިންތިހާއަށް ގަދަވެފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުއިއްޒު މިވަގުތު ލ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުން އަންނައިރު، ގުޅިފައިވާ ޕާޓީތަކުން ރައީސް ސޯލިހުގެ ދަނީ މިރޭ މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox